ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 02:02
ލަނޑުޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ
ލަނޑުޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
ޗެލްސީ ބަލިކޮށް، އާސެނަލްއިން ޓޮޓެންހަމްއާ އަރާ ހަމަކޮށްފި
ލެސްޓަރއާއި އެވަޓަން ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެން

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިކޮށް, އާސެނަލްއިން ހަތަރު ވަނާގައި އޮތް ޓޮޓެންހަމްއާ އަރާ ހަމަކޮށްފިއެވެ. އާސެނަލްއާއި ޓޮޓެންހަމްއަށްވެސް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. އެކަމަކު ފައިދާ ގޯލުން ކުރި ހޯދައިގެން މިވަގުތު ހަތަރުވަނާގައި އޮތީ ޓޮޓެންހަމްއެވެ. އާސެނަލް އޮތީ ފަސްވަނާގައެވެ. ޗެލްސީ ތިންވަނާގައި އޮތީ 31 މެޗުން 62 ޕޮއިންޓާއެކުއެވެ.

ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދީ 3-2 ނެވެ. 13 ވަނަ މިނިޓްގައި އާސެނަލްއަށް ކުރިހޯދައިދިނީ އެޑީއެވެ. އެކަމަކު 17 ވަނަ މިނިޓްގައި ވާނާ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އާސެނަލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ 27 ވަނަ މިނިޓްގައި ސްމިތް ރޯއެވެ. އެލީޑްގައި އޮވެވުނީ އެންމެ ހަތަރު މިނިޓެވެ. އަޒުޕިލްކުއެޓާ ލަނޑު ޖަހާ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގައި ތިންވަނަ ފަހަރަށް އާސެނަލްއަށް ކުރި ހޯދައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި އެޑީއެވެ. އަދި ފަހު ލަނޑާއެކު މޮޅު ޔަޤީންކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސަކާއެވެ. އޭނާ ލަނޑުޖެހީ ޕެނަލްޓީއަކުންނެވެ. މިމޮޅާއެކު ޗެމްޕިއަންސް ލީގުގެ އުއްމީދު އާސެނަލްއަށް ވަނީ އަނެއްކާވެސް އާވެފައެވެ.

ލީގުގައި ލެސްޓަރ ސިޓީއާއި އެވަޓަން ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. އެވަޓަންއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ރިޗާލިސަން ޖެހި ގޯލުންނެވެ. ލީގު ތާވަލްގައި އެވަޓަން އޮތީ 17 ވަނާގައެވެ. ލެސްޓަރ ސިޓީ އޮތީ 41 ޕޮއިންޓާއެކު 9 ވަނާގައެވެ.

- ކޮމެންޓް