ކ. މާލެ
|
19 އޭޕްރިލް 2022 | އަންގާރަ 14:26
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން
ބީޑީނިއުސް24
ޕާކިސްތާނުގެ ސިޔާސީ މަސްރަހު
އިމްރާން ޚާން މަޤާމުން ވަކި ކުރުމުގެ ފަހަތުގައިވަނީ ކޮން ސިއްރެއް؟
 
އިމްރާން ޚާންގެ ސަރުކާރު ވައްޓާލީ ބޭރުގެ ނުފޫޒުން ކަމަށް އޭނާ ތުހުމަތުކުރައްވާ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރު ވައްޓާލީ ބޭރުގެ ނުފޫޒުން ކަމަށް އޭނަ ވިދާޅުވާ ވިދާޅުވުމުގެ ފަހަތުގައި ވަނީ ރަސްމީ ފަރިއްކޮޅެއްގައި ދެކެވޭ ވާހަކަ ނޯޓުކުރަން ދިޔަ އެމްބަސީގެ ސްޓާފެއްގެ ނޯޓުތަކެއްކަން ހާމަވެއްޖެއެވެ.

މި ދެންނެވުނު ފަރިއްކޮޅަކީ ކުރީގެ އެމްބެސެޑަރެއް ކަމަށްވާ އަސަދް މަޖީދުއަށް އަލްވަދާއު ކިޔުމަށްޓަކައި އެމެރިކާގައި ހުންނަ ޕާކިސްތާނު ހައުސްގައި މާރޗް 7 ވަނަ ދުވަހު ބޭއްވުނު ފަރިއްކޮޅެކެވެ. އެއީ އެމްބެސެޑަރު އަސަދް މަޖީދުގެ ރެސިޑަންސް އެވެ. މިފަރިއްކޮޅުގައި އެމެރިކާ ފަޅިން ބައިވެރިވެވަޑައިގެންނެވި އިސް އޮފިޝަލުންގެ ތެރޭގައި ހިމެނެނީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއަރޒް ޑޮނަލްޑް ލޫ އަދި ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ލެސްލީ ވިގަރީ އެވެ.

ފަރިއްކޮޅުގައި ދެކެވޭ ވާހަކަ ނޯޓުކުރުމަށް އެމްބަސީގެ އޮފިޝަލެއް އިން ކަމަށް ވެއެވެ. އޭނަގެ ނޯޓްތަކުގެ މައްޗަށް ބިނާކުރައްވާ އެމްބެސެޑަރު އަސަދު ވަނީ އިސްލާމް އާބާދަށް ފަހުން ކޭބަލް މެސެޖެއް ފޮނުއްވާފައެވެ.  

ފަރިއްކޮޅު ބޭއްވުނީ ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރިތާ ދެހަފްތާ ވެސް ނުވަނީސް ކަމަށްވުމުން، ފަރިއްކޮޅުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ އެވާހަކަ ކަމުގައިވެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރި ދުވަހު އިމްރާން ޚާން ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައިވާތީ އެމެރިކާގެ އޮފިޝަލުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިކަން ނޯޓު ކުރެވިފައިވެއެވެ. އަދި ރަޝިޔާގެ އަމަލަކީ މުޅި އެމެރިކާވެސް އެކަމާ ނުރުހުނު ކަމެއް ކަމަށާއި، އިމްރާން ޚާންގެ ދަތުރުފުޅުވެސް އެވަގުތު ކުރިޔަށް ނުގެންދަވާ ފަސްކޮށްލެއްވުން މުހިންމު ކަމަށް އެބޭފުޅުން ދުށް ކަމަށް ނޯޓު ކުރެވުނު ކަމަށް ވެއެވެ.

އިމްރާން ޚާންގެ ދަތުރުފުޅަކީ އެތައް އަހަރެއްވަންދެން ހަމަނުޖެހިގެން އުޅުނު ދަތުރުފުޅެއް ކަމަށް ޕާކިސްތާން ސަފީރު ވިދާޅުވި ކަމަށް ވެއެވެ. އަދި ދައުވަތު ލިބުމުން ދަތުރުފުޅު ފަސް ނުކުރެވުނީ ކަމަށް ވިދާޅުވި ކަމަށް ވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ޤަބޫލުކުރީ ދަތުރުފުޅު އެވަގުތު ކުރިޔަށް ގެންދެވީ އިމްރާން ޚާންގެ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

މިވާހަކަތަކަށް ފަހު ޕާކިސްތާންގެ ސިޔާސީ މަސްރަހަށް ފަރިއްކޮޅުގެ ވާހަކައިގެ މައުލޫއު ބަދަލުވިކަމަށް ވެއެވެ. އަދި އިމްރާން ޚާން އާ ދެކޮޅަށް ނަގަން އޭރު ތައްޔަރުވަމުން ދިޔަ އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންތައް ވަރަށް ގާތުން ބަލަމުންދާކަމަށް އެމެރިކާގެ އިސް އޮފިޝަލް ވިދާޅުވިއެވެ. އަދި ނަތީޖާ ނުކުންނަ ގޮތަކުން އެމެރިކާ ޕާކިސްތާން ގުޅުމަށް ބުރޫ އަރާނެ ކަމަށް ވެސް މރ. ލޫ ވިދާޅުވިކަމަށް ވެއެވެ. މި މައުލޫއުގައި މރ ލޫގެ ބަސްފުޅު ހުރީ ވަރަށް ހަރުކަށިކޮން ކަމަށް އެތަނުގައި އިން ފަރާތަކާއި ހަވާދީ ޑޯން ނޫހުގެ އިތުރުން ހިންދުސްތާން ޓައިމްސްގައި ވެސް ރިޕޯޓް ކޮށްފައިވެއެވެ. މިފަހަރު ސަރުކާރު ބަދަލުކޮށްލާނެ ކަމަށް ސީދާ އެއިބާރާތުން ވިދާޅުނުވި ނަމަވެސް، ބަސްމަގު ގެންގުޅުންވި ރުޅިވެރި ގޮތުން ކޮންމެ މާނައެއްވެސް ނެގިދާނެ ކަމަށް ޕާކިސްތާންގެ އޮފިޝަލުން ވިދާޅުވެއެވެ.

ކޮންމެއަކަސް އިމްރާން ޚާންގެ މޮސްކޯ ދަތުރުފުޅަކީ އެމެރިކާއިން ވަރަށް ބޮޑަށް ނުރުހުނު ދަތުރު ފުޅެއްކަން ހާމަވެގެން ގޮސްފައިވާއިރު އެކަމުގެ ބަދަލުގައި އަސްކަރިޔާ އާއި ގުޅިގެން އިމްރާން ޚާންގެ ސަރުކާރު ވައްޓާލީ ކަމަށް އިމްރާން ޚާން ތުހުމަތުކުރައްވައެވެ.

ހަަމަ އެދުވަސްވަރު ޕާކިސްތާންގެ އާރމީ ޗީފް ޖެނެރަލް ގަމަރު ބަޖްވާ، އެޕްރިލް މަހު ވޮޝިންޓަނަށް ދަތުރުފުޅެއް ކުރައްވަން އައީ ތައްޔާރުވަމުންނެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމަ ފެށުމާއި އެހެންވެސް ކަންތައް ހުރިގޮތުން ދަތުރުފުޅު ފަސް ކުރެއްވީ ކަމަށް ވެއެވެ.

ދުނިޔޭގައި ކުރިޔަށް ދިޔަ ފިނި ހަނގުރާމައިގައިވެސް ހުޅަނގަށް ތާއީދު ކުރެވުނު ކަން އެއީ ޕާކިސްތާނަށް ހެދުނު "މިސްޓޭކް" އެއްކަމަށް ވިދާޅުވެ، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ޕާކިސްތާނުން ވަކި އަތަކަށް ނުޖެހެން ނިންމާފައިވާ ކަމަށް އިމްރާން ޚާން ވިދާޅުވެފައިވެއެވެ. އަދި ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް އަމަލު ކުށްވެރި ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް އާރމީ ޗީފުގެ ޚިޔާލްފުޅު ތަފާތެވެ. އެޕްރިލް 2 ވަނަ ދުވަހު އިސްލާމް އާބާދުގައި އޮތް ސެމިނަރެއްގަައި މުޚާތަބުކުރައްވަމުން، ޖެނެރަލް ބަޖްވާ ވަނީ ރަޝިޔާ ސިފައިންގެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި މާކުޑަ ޤައުމަކަށް އެގޮތަށް ބާރުވެރިކަމާއެކު އަރައިގަތުމަކީ ބޮޑު "ޓްރެޖަޑީ" އެއްކަމަށް ވިދާޅުވެފައި ވެއެވެ.

މިހާހަމައިން އަސްކަރިޔާ އޮތީ އިމްރާން ޚާން އާ އެއްކޮން ނޫންކަން ހާމަވިއެވެ.

އަސްކަރިއްޔާގެ މީޑިޔާ ވިންގުންވެސް ވަނީ އޭނާގެ ސަރުކާރު ވައްޓާލީ ބޭރުގެ ނުފޫޒުންކަމަށް އިމްރާން ޚާން ވިދާޅުވާ ބަސްފުޅު ދޮގުކޮށްފައެވެ. ނަމަވެސް ކުރިން ދެންނެވުނު ފަރިއްކޮޅުގައި އެމެރިކާ އޮފިޝަލުންގެ ބަސްމަގު ހުރި ގޮތުން އެމެރިކާއިން ޕާކިސްތާންގެ އެތެރޭގެ ކަންތައްތަކާ ބެހޭ ކަމަށް މާނަ ކުރެވިދާނެ ކަމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ކޮންސްޕިރަސީ (ނުވަތަ ސަރުކާރު ވައްޓާލުމަށް ކުރަމުންދާ ސިއްރު ޕްލޭން) މިބަސް ބޭނުންކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން އެންމެ ފަހުން ގައުމާ މުޚާތަބުކުރައްވާ ދެއްވި ތަޤްރީރުގައި އޭޕްރިލް 8 ވަނަ ދުވަހުވެސް އިމްރާން ޚާން ވަނީ އެމެރިކާގެ އިސް އޮފިޝަލެއް ޕާކިސްތާން ސަރުކާރު ވައްޓާލެވިދާނެ ކަމަށް ބުނެ ބިރުދައްކާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭޕްރިލް 10 ވަނަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ބުނެފައިވަނީ މި އިލްޒާމުތަކުގެ އެއްވެސް ޙަޤީޤަތެއް ނެތް ކަމަށެވެ.

އިމްރާން ޚާން މަޤާމުން ވަކި ކުރެވުނީ އޭޕްރިލް 9 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
25%
0%
0%
50%
0%
ކޮމެންޓް