ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 14:04
އަރަބި ގައުުމުތަކުން ގުޅުން ކަނޑާލުމުގެ އަސަރު ގަތަރުގެ އެކި ސިނާއަތް ތަކަށް ވަނީ ކޮށްފައި
އަރަބި ގައުުމުތަކުން ގުޅުން ކަނޑާލުމުގެ އަސަރު ގަތަރުގެ އެކި ސިނާއަތް ތަކަށް ވަނީ ކޮށްފައި
ގޫގުލް
ގަތަރުގެ މައްސަލަ
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
އެމެރިކާ އަދި ކުވައިތް އިން ދަނީ ސަރަަހައްދުގެ މަޝްރަހު ފިނިކުރުމަށް މަސައްކަތް ކުރަމުން

އަރަބި ހަ ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާ، ސަރަހައްދުގެ މަޝްރަހު ހަލަބޮލިވެފައި ވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޭޓެސް (ޔޫއޭއީ) އިން ގަތަރާއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލަފާނެ ކަމުގެ އިންޒާރު ދީފިއެވެ.

ގަލްފު ސަރަހައްދުގެ މަޝްރަހު ފިނިވާނެ މަގަކަށް ކަންކަން ދާކަމަށް ނުފެންނައިރު، އެމެރިކާ އާއި އަދި ކުވައިތް ވެގެން މަޝްރަހު ފިނިކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ޔޫއޭއީން ގަތަރަށް އިންޒާރު ދިން އިރު ގަލްފުގެ ބަައެއް ގައުމު ތަކުން ގަތަރާ ގުޅުން ކަނޑާލީ ހޯމަ ދުވަހުއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު އަންވަރު ގާގެޝް ރޮއިޓާސް އަށް ވިދާޅުވީ ގަތަރު ގޮތް ދޫނުކޮށްފި ނަަމަ އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު ގަަތަރާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ތައްޔާރަށް ކަމަށެވެ. ގަތަރުން "ޓެރަރިޒަމަށް ފަންޑުކުރާ" ކަމަށް ތުހުމަތު ކުރެވޭ މައްސަލަަ އާއި ގުޅިގެން ހަރުދަނާ އަދި ދެގޮތެއް ނުވާ ނިންމުންތަކެއް އެ ގައުމުން ނިންމަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާގަޝް ފްރާންސްގެ "ފްރާންސް 24" އަށް ވިދާޅުވީ ޔޫއޭއީން ދެން އަޅާނެ ފިޔަވަޅަކަށް ބަލާއިރު ގަތަރާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލަން ޖެހިދާނެ ކަމަށެވެ.

މަޝްރަހު ފިނިކުރުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު ކުވައިތް ގެ އަމީރު ވަނީ މަޝްރަހު ފިނިކުރުމަށް ކުރައްވާ މަސަައްކަތްޕުޅުތަކުގެ ތެރެއިން ސައުދީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ބުދަ ދުވަހު ގަތަރަށް ވަޑައިގެންފައެވެ.

ކަންކަން ގޯހުން ގޯހަށް ދާ ކަމަށް ފެންނަ އިރު ބަހްރައިންގެ ފޮރިން މިނިސްޓަރު ޝެއިޚް ހާލިދް ބިން އަހްމަދު އަލް ހަލީފާ ސައުދީގެ ނޫހަކަށް ވިދާޅުވީ "ގަތަރު ގެ އަމަލުތައް" ގަތަރު އިސްލާހު ކުރާނެ ނުވަތަ ކޮށްފާނެ ކަމާމެދުު ޝައްކު ކުރައްވާ ކަަމަށެވެ.

ގަތަރާއި ގަލްފްގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހޫނުވަމުން ދަނިކޮށް ތުރުކީގެ ސިފައިން ގަތަރަށް ފޮނުވުމަށް އަވަސް ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަރަބި ގައުމުތަކުން ގަތަރު އެކަހެރިކޮށް ވިޔާފާރީގެ ރޮނގުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ މި ދަނޑިވަޅުގައި ތުރުކީގެ އަސްކަރީ ފައުޖެއް ގަތަރަށް ފޮނުވާ ފޮނުވުމަކީ ތުރުކީގެ ތާއިދު ގަަތަރަށް އޮތް ކަން އަންގައިދޭ ކަމެކެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. ގަތަރާ ގުޅުން ކަނޑާލި ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރު ދަނީ ދޮގު ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް