ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 07:21
ކުވެއިތުގެ އަމީރު ގެންދަވަނީ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވަމުން
ކުވެއިތުގެ އަމީރު ގެންދަވަނީ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވަމުން
ދަ ނޭޝަން
ގަތަރުގެ މައްސަލަ
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
ޤަތަރާ ގުޅުންކަނޑާލި ގައުމުތަކުގެ އަދަދު ނުވައަކަށް އަރާ
ކުވެއިތުގެ އަމީރުވަނީ ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށްވެސް ވަޑައިގެންފައި
މި ގައުމުތަކުންވަނީ ޤަތަރުން ޓެރެރިޒަމަށް ވާގިވެރިވެދޭކަމަށް ތުހުމަތުކޮށްފަ

ގަލްފުގެ ގައުމުތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރެއްވުމަށް ކުވެއިތުގެ އަމީރު ޝެއިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށް ފަހު ބުދަ ދުވަހު ޤަތަރަށް ވަޑައިގެންފިއެވެ.

ޤަތަރާއެކު އޮތްގުޅުން ކަނޑާލުމަށް ސައުދީ އަރަބިއްޔާއިން ނިންމުމުމުން  ޔޫއޭއީން ވެސް ގަތަރާއެކު އޮތް ގުޅުން ކަނޑާލަން ނިންމާފައިވާއިރު ސައުދީއެކޭ އެއްފަދައިން ޔޫއޭއީން ވެސް އެ ނިންމުން ދަމަހައްޓާނެ ކަމަށް ޔޫއޭއީގެ އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވި ކަމަށް އަލް އަރަބިއްޔާ ނިއުސް ޗެނަލްގައި ބުނެފައި ވެއެވެ.

ކުވެއިތުގެ އަމީރު ބުދަ ދުވަހު ދުބާއީއަށް ވަޑައިގެން ޔޫއޭއީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ހަމަ އެ ދުވަހު ވަނީ ފުރާވަޑައިގެންފައެވެ.

ހޯމަ ދުވަހު ސައުދީ އަރަބިއްޔާ އާއި އިތުރު ހަ ގައުމަކުން ޤަތަރާ ގުޅުން ކަނޑާލުމުން ގަލްފަށް އައި ނުތަނަވަސްކަން ހައްލުކުރެއްވުމަށް ފެއްޓެވި ދަތުރުފުޅުގައި ކުވެއިތުގެ އަމީރު އަންގާރަ ދުވަހު ހުންނެވީ ސައުދީގެ ޖިއްދާގައެވެ.

ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، މިސްރު، ޔަމަން އަދި ދިވެހިރާއްޖެއަށް ފަހު މޮރިޝަސް އާއި މޮރިޓޭނިއާ އަދި ކޮމޮރޮސްއިން ވެސް މިހާރު ވަނީ ޤަތަރާ ގުޅުން ކަނޑާލާފައެވެ.

ޤަތަރާ ގުޅުންކަނޑާލި ގައުމުތަކުގެ އަދަދު ނުވައަކަށް އަރާއިރު އުރުދުން އިން އަންގާރަ ދުވަހު ވަނީ ޤަތަރާއެކު އޮންނަ ޚާރިޖީ ގުޅުންތައް ކުޑަކޮށްފައެވެ.

މި ގައުމުތަކުން ވަނީ ޤަތަރުން ޓެރެރިޒަމަށް ވާގިވެރިވެދޭ ކަމަށް ތުހުމަތުކޮށްފައެވެ.

ސައުދީ އަރައްބިއްޔާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބެއިރު ވިދަޅުވީ ޤަތަރާ ގުޅުން ކަނޑާލީ އެގައުމުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ވަކިން ޚާއްސަކޮށް ގަލްފްގެ ހަމަޖެހުން ގެއްލެމުންދާތީ ކަމަށެވެ.

މީގެ އިތުރުން މީގެ އަހަރުތަކެއް ކުރިން ޓެރެރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ސޮއިކުރި އެއްބަސްވުމަށް ޤަތަރުން އެއްބާރުލުން ނުދޭ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ޓެރެރިސްޓް ޖަމާއަތްތަކަށް ވާގިވެރިވެދޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް