ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 04:53
ވޯޓްލުން ފެށޭނީ މާދަމާ
ވޯޓްލުން ފެށޭނީ މާދަމާ
ގޫގުލް
އިނގިރޭސިވިލާތުގެ އިންތިޚާބު
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
މި އިންތިޚާބުގައި 650 ދާއިރާއިން ކޮންމެ ދާއިރާއަކުން އިނގިރޭސި ވިލާތުގެ މަޖިލިހުގެ ތިރިގެ ނުވަތަ ހައުސް އޮފް ކޮމަންސްއަށް މެންބަރެއް އިންތިޚާބު ކުރާނެ
އިންތިޚާބެއް ބާއްވަން ނިންމެވީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަރުހަލާގައި އިދިކޮޅު ޕާޓީތަކުގެ ފިއްތުންތައް ހުއްޓުވުމަކަށް ގެނައުމަށް

އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން ބުރާސްފަތިދުވަހު ފެށޭނެއެވެ.

 

މި އިންތިޚާބުގައި 650 ދާއިރާއިން ކޮންމެ ދާއިރާއަކުން އިނގިރޭސި ވިލާތުގެ މަޖިލިހުގެ ތިރިގެ ނުވަތަ ހައުސް އޮފް ކޮމަންސްއަށް މެންބަރެއް އިންތިޚާބު ކުރާނެއެވެ.

 

ޖޫން މަހު 8 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި އާއްމު އިންތިޚާބު ބާއްވާނެކަން ބޮޑު ވަޒީރު ތެރޭސާ މެއި އިއުލާން ކުރެއްވީ ފާއިތުވި ޖުލައިމަހުގެ ތެރޭގައެވެ. އެގައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ބޮޑު ވަޒީރު ތެރޭސާ މެއި ނިންމެވީ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ އަހަރު ނެގި ވޯޓަށް ފަހު ގައުމަށް ހަމަޖެހުމާއި ވަރުގަދަ ލީޑާޝިޕެއް ބޭނުންވާނެތީ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.

 

އިނގިރޭސިވިލާތުގައި 2020 ގެ ކުރިން އިންތިޚާބެއް ބާއްވާ ނަމަ ޕާލަމެންޓުގެ ރުހުން ބޭނުންވެއެވެ. އިންތިޚާބު ބޭއްވުމަށް އިއުލާންކުރުމާއެކު އެގައުމުގެ ޕާލަމެންޓުން މިދިޔަ ޖުލައިމަހު ހައުސް އޮފް ކޮމަންސްގެ ތިންބައިކުޅަ ދެބައި ތާއީދާ އެކުވަނީ ފާސްކޮށްފައެވެ.

 

 ބޮޑުވަޒީރު މެއި ވިދާޅުވީ އިންތިޚާބެއް ބާއްވަން ނިންމެވީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަރުހަލާގައި އިދިކޮޅު ޕާޓީތަކުގެ ފިއްތުންތައް ހުއްޓުވުމަކަށް ގެނައުމަށްޓަކައެވެ. އަދި އިނގިރޭސި ވިލާތުގައި ވަރުގަދަ ލީޑަރޝިޕެއް ބޭއްވުމަށް އިންތިޚާބުގައި އެކަމަނާގެ ކޮންޒަވެޓިވް ޕާޓީ އަށް ވޯޓު ދިނުމަށް ވަނީ ގޮވާލައްވާފައެވެ.  

 

ޓެރެސާ މެއި އާއި، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން އާއި ލިބަރަލް ޑިމޮކްރޭޓް ޕާޓީގެ ލީޑަރު ޓިމް ފެރޮން މިތިން ބޭފުޅުންގެ ލީޑަރޝިޕްގެ ދަށުގައިވާ ތިން ޕާޓީން ވެސް މި އިންތިޚާބުގައި ވާދަކުރާއިރު، އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވައިރު، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ގެންދަނީ ބަހުގެ ހޫނު ހަމަލާތައް ދެއްވަމުންނެވެ.

 

އާއްމު އިންތިޚާބުގެ ވޯޓްލުން ފެށޭނީ އެގައުމުގެ ގަޑިން ހެނދުނު 7.00 ގައެވެ. އަދި ރޭގަނޑު 10.00 އާއި ހަމައަށް ދެމިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް