ކ. މާލެ
|
16 އޭޕްރިލް 2022 | ހޮނިހިރު 21:16
ވެޓަރެންސް ލީގުގައި ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗުގެ ތެރެއިން
ވެޓަރެންސް ލީގުގައި ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ހުޅުމާލެ ވެޓަރެންސް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ހުޅުމާލެ ވެޓަރެންސް ދަ ގްރާންޑޭގެ މައްޗަށް ކުރިހޯދީ 5-0 ން
ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ހުޅުމާލެ ވެޓަރެންސް އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި ދަ ގްރާންޑޭ ބަލިކޮށް ހުޅުމާލެ ވެޓަރެންސް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ވެޓަރެންސް ދަ ގްރާންޑޭގެ މައްޗަށް ކުރިހޯދީ 5-0 ންނެވެ. މިއާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ހުޅުމާލެ ވެޓަރެންސް އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދަ ގްރާންޑޭ ފުރަތަމަ ފަހަރަށް ބަލިވިއިރު، އެޓީމަށް ހަތަރު މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ މޯލްޑިވްސް ސޮކަ މޭޓްސްއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ހުޅުމާލެ ވެޓަރެންސް އިން ދެލަނޑުގެ ލީޑެއް ނެގިއެވެ. މި ދެލަނޑު ވެސް ޖެހީ ގައުމީ ޓީމަށް ކުރިން ކުޅުނު ހުޅުމާލެ ވެޓަރެންސް ޓީމުގެ ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުޅުމާލެ ވެތަރެންސްގެ އަހުމަދު ޝާހިދު ވަނީ އެ ޓީމަށް ތިން ވަނަ ލަނޑެއް ޖަހައިދީފައެވެ.

ދެ ވަނަ ހާފްގެ ފަހު ކޮޅުގައި ހުޅުމާލެ ވެޓަރެންސް އިން ދެ ލަނޑު ޖެހިއެވެ. މި ލަނޑުތައް ޖެހީ އިއްސެ އާއި އިބްރާހިމް މުހައްމަދުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ހެޓްރިކް ހެދި ހުޅުމާލެ ވެޓަރެންސްގެ އިއްސެއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ބާއްވަން ފަށާފައިވާއިރު އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އީގަލްސް އާއި ޕޮލިސް ކްލަބެވެ.

- ކޮމެންޓް