އެވަކާޑޯ ޑެވިލްޑް އެގް
16 އޭޕްރިލް 2022 | ހޮނިހިރު 17:19
އެވަކާޑޯ ޑެވިލްޑް އެގް
އެވަކާޑޯ ޑެވިލްޑް އެގް
އޯލް ރެސިޕީސް

އެވަކާޑޯ އަކީ އޭގައި ވަރަށް ގިނަ ފައިދާ އެކުލެވިގެންވާ މީރު މޭވާ އެކެވެ. ކުޅި އަދި ފޮނި ކާތަކެތި ތައްޔާރުކޮށްލަން ވެސް އެވަކާޑޯ ބޭނުން ކުރެއެވެ. މިގޮތުން ތައްޔާރު ކުރެވޭ އެންމެ މަގުބޫލު އެކައްޗަކީ އެވަކާޑޯ މިލްކްޝޭކް އެވެ. އަދި މިނޫނަސް މީރު އެތައް ރަހަތަކެއް އެކުލެވޭ ހެދިކާގެ ބާވަތްތައް ވެސް އެވަކާޑޯ އިން ތައްޔާރުކޮށް އުޅެއެވެ. މި ފަހަރުގެ މި ރެސިޕީ އަކީ ވެސް އެވަކާޑޯ ބޭނުން ކޮށްގެން ހަދާލެވޭނެ ފަސޭހަ ރެސިޕީ އެކެވެ. ތައްޔާރުކޮށްލަން ރަނގަޅުވާނެއެވެ.

ބޭނުންވާ ތަކެތި

  • 6 ބިސް (ފެނުކައްކާފައި)
  • 1 އެވަކާޑޯ
  • 3 ފޮތި ކުކުޅު މަސް ފެނުކައްކާފައި (ޗިކަން ބްރެސްޓް ތުނިކޮށް ސްލައިސް ކޮށްފައި)
  •  ½ 2 ސައިސަމުސާ މަޔޮނައިސް
  • 2 ސައިސަމުސާ ލުބޯ ހުތް
  • 1 ލޮނުމެދު
  • 1 ކުޑަ ސަމުސާ އަސޭމިރުސް
  • ލޮނު (ރަހަލާވަރަށް)
  • ކުޅި ސޯސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ފެނު ކައްކާއްފައި ހުރި ބިސް ނޮޅުމަށްފަހު ދެ ފަޅިކޮށްލާށެވެ. ދެން އޭގެ ރީނދޫ ބައި ވަކިން ނެގުމަށްފަހު، އެވަކާޑޯ، ކުކުޅު މަސް ކޮޅުން އެއްބައި ، މަޔޮނައިސް، ލައިމް ޖޫސް، ލޮނުމެދު އަސޭމިރުސް އަދި ރަހަލާވަރަށް ލޮނާއި ބިހުގެ ރީނދޫ ބައި އަޅައިގެން ހޭންޑް މިކްސްޗަރ ނުވަތަ އިލެކްޓްރިކް މިކްސްޗަރ އަކުން އެއްކޮށްލާށެވެ.

ދެން އައިސިން ބޭގް އަކުން ނުވަތަ ސަމުސަލަކުން ބިހުގެ ހުދު ބައިގަ ގޮބޮޅި އިން ވަޅުކޮޅުގެ ތެރެއަށް މިކްސް ކޮށްލި ބައި އަޅާ ފިލް ކޮށްލާށެވެ. ދެން އޭގެ މައްޗަށް ބާކީ އިން ކުކުޅު މަސްކޮޅު ފުނޑުކޮށް އަޅާލުމަށްފަހު، ހޮޓް ސޯސް ކޮޅެއްވެސް އަޅާލާށެވެ. ބޭނުން ނަމަ ކުޑަކޮން ހަރު ކޮށްލުމަށް ޕްރީހީޓަޑް އަވަނެއްގައި 5 ވަރަކަށް މިނިޓް ބެހެއްޓިދާނެއެވެ.

- ކޮމެންޓް