ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 20:01
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް
ރޮއިޓަސް
ފިންލަންޑް އާއި ސްވިޑްން ނޭޓޯއާ ގުޅުން
ފިންލަންޑް-ސްވީޑްން، ނޭޓޯއާ ގުޅިއްޖެ ނަމަ ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު
ފިންލަންޑް އަދި ސްވީޑްން އިން ނޭޓޯ އާ ގުޅިއްޖެ ނަމަ ގައުމުގެ ދިފާއު ވަރުގަދަ ކުރަން ޖެހޭނެ ކަމަށް ރަޝިއާ އިން ބުނޭ

ފިންލަންޑް އަދި ސްވީޑްން އިން ނޭޓޯ އާ ގުޅިއްޖެ ނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ރަޝިއާ އަށް މަޖުބޫރުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ އަރިސްބޭފުޅަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ފިންލަންޑް އަދި ސްވީޑްން އިން ނޭޓޯ އާ ގުޅިއްޖެ ނަމަ ގައުމުގެ ދިފާއު ވަރުގަދަކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން މަޖުބޫރުވާނެ ކަމަށް ރިޕޯޓުކޮށްފައެވެ.

ފިންލަންޑްއަކީ ރަޝިއާ އާ 1،300 ކިލޯ މީޓަރުގެ ދިގު ބޯޑަރެއް ހިއްސާކުރާ ގައުމެކެވެ. ފިންލަންޑް އަދި ސްވީޑްން އިން ނޭޓޯ އާ ގުޅިއްޖެ ނަމަ ގައުމުގެ ދިފާއު ވަރުގަދަ ކުރަން ޖެހޭނެ ކަމަށް ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއްގަމާ ކަނޑު އަދި ވައިގެ އަސްކަރިއްޔާގެ ދިފާއު ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބޯލްޓިކް ކަނޑުގައި 'ނިއުކްލިއަރ ފްރީ ޒޯން'ގެ ވާހަކަ ދެން ދެކެވިގެން ނުވާނެ ކަމަށްވެސް މެޑްވެޑެވް ވަނީ ވިދާޅުވެފައެވެ. އަދި މިއަދާ ހަމައަށްވެސް ރަޝިއާއިން އޮތީ މަޑުން ކަމަށާއި އެހެން ނަމަވެސް މަޖުބޫރީ ހާލަތަށް ގެނައުމުން ދެން މަޑުން ނޯވެވޭނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފިންލަންޑްއާއި ސްވީޑްން ނޭޓޯއާ ގުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އާއެކު ފިންލަންޑްއާއި ސްވީޑްންއިން ވަނީ ނޭޓޯއާ ގުޅޭނީތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް އެގައުމުތަކުގެ ގާނޫނުހަދާ މަޖިލީހުގައިވެސް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި ދެގައުމުގެ އާންމު ރައްޔިތުންގެ ޚިޔާލުވެސް ހުރީ ނޭޓޯއާ ގުޅުމަށްކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ދެގައުމުން ނޭޓޯއާ ގުޅުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފެންމަތިވުމާއެކު ރަޝިޔާއިން ވަނީ މި ދެގައުމުން ނޭޓޯއާ ގުޅުނަސް ޔޫރަޕަށް ހަމަޖެހުން ނުލިބޭނެކަމަށް ބުނެފައެވެ.

އެގޮތުން ނޭޓޯގެ ގައުމުތައް ރަޝިޔާގެ ބޯޑަރު ކައިރިއަށް ނުގެނައުމަށް އެގައުމުން ތަކުރާރުކޮށް ބުނަމުންދާ ކަމަށާއި, ނޭޓޯއާ އެ ދެގައުމުން ގުޅުން އެއީ ޔޫރަޕުގެ ސުލްހަޔަށް އޮތް ހައްލު ނޫންކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް