ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 16:25
އިސްރާއިލްގެ ހަމާލަތެއްކައި ޝަހީދުވި މީހެއްގެ އާއިލާ މީހެއް، އޭނާގެ ޖަނާޒާގައި
އިސްރާއިލްގެ ހަމާލަތެއްކައި ޝަހީދުވި މީހެއްގެ އާއިލާ މީހެއް، އޭނާގެ ޖަނާޒާގައި
ރޮއިޓަސް
އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް
އިސްރާއިލުން ފަލަސްތީންގެ 14 އަހަރުގެ ކުއްޖަކާ އެކު އިތުރު ބަޔަކު ޝަހީދުކޮށްލައިފި
އެބޮމުން ދިފާއުވުމަށް އެމީހުން ވަނީ އެކުއްޖާއަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފައި
އިސްރާއިލް ސިފައިން ބުނަނީ އެކުއްޖާ އެމީހުންނަށް އަމާޒުކޮޒް ޕެޓްރޯލް ބޮމެއް އެއްލި ކަމަށް
ޝަހީދުކޮށްލި ކުއްޖާއަކީ ބެތުލެހެމް ކައިރީ އޮންނަ އަވަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް

އިސްރާއިލްސިފައިން ފަލަސްތީންގެ އާންމުންގެ ތިން މީހަކަށް އަނެއްކާވެސް ހަމަލާދީ ޝަހީދުކޮށްލާފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ބުދަ ދަވަހު އިސްރާއިލްގެ ސިފައިން ވަނީ ފަލަސްތީންގެ ހުޅަނގު އައްސޭރީގައި ރަހުމުކުޑަ ހަމަލާތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ފަލަސްތީންގެ ހެލްތު މިނިސްޓަރާ ހަވާލާދީ އެނޫހުގައި ރިޕޯޓުކޮށްފައިވާގޮތުން ޝަހީދުކޮށްލާފައި މީހުންގެ ތެރޭގައި ލޯޔަރަކާ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެގޮތުން ޝަހީދުކޮށްލާފައި ވަނީ ބެތުލެހެމް ކައިރީ އޮންނަ އަވަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އިސްރާއިލް ސިފައިން ބުނަނީ އެކުއްޖާ އެމީހުންނަށް އަމާޒުކޮޒް ޕެޓްރޯލް ބޮމެއް އެއްލި ކަމަށެވެ. އަދި އެބޮމުން ދިފާއުވުމަށް ކަމަށް ބުނެ އެމީހުން ވަނީ އެކުއްޖާގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ.

މީގެ އިތުރުން އެހެން އަވަށެއްގައި އިސްރާއިލް ސިފައިންގެ ހަމަލާތަކުގައި ތިންވަނަ މީހަކު ޝަހީދުވެފައިވާ ކަމަށާއި އެމީހާ ޝަހީދުކޮށްލާފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ހަމަލާތަކެއްގައި ކަމަށް ހެލްތު މިނިސްޓަރާ ހަވާލީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ސިފައިން ވަނީ ޖެނިންގެ ވަށައިގެންވާ ސަރަހައްދުތަކުގައި ބޮޑު އޮޕަރޭޝަންއެއް ފަށާފައެވެ. އަދި ހަމަ ހޯމަ ދުވަހު އެކަނިވެސް ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުކޮށްލާފައިވާއިރު، ފާއިތުވި ތިން ހަފުތާތެރޭގައި ފަލަސްތީނުގެ 14 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ހަތިޔާރެއްނެތް ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއިލް ސިފައިން ދެމުންދާ ރަހުމުކުޑަ ހަމަލާތައް ކޮންމެ އަހަރެއްގެވެސް ރަމްޟާން މަހާދިމާކޮށް އިތުރު ކުރާކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް