ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 13:40
ނިއުޔޯކުގެ ސަބްވޭގައި ބަޑީގެ ހަމަލާ ދިން މީހާ
ނިއުޔޯކުގެ ސަބްވޭގައި ބަޑީގެ ހަމަލާ ދިން މީހާ
ރޮއިޓާސް
ނިއުޔޯކްގެ ސަބްވޭގައި ދިން ހަމަލާ
ނިއުޔޯކްގެ ސަބްވޭއެއްގައި ބަޑިޖެހި ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި
 
ނިއުޔޯކްގެ ފުލުހުން ޖޭމްސް ހައްޔަރުކޮށްފައިވަނީ ހަމަލާ ދިންތާ 30 ގަޑިއިރު ފަހުން

ނިއުޔޯކްގެ ސަބްވޭއެއްގައި ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާ ގޮތުން، ބަޑިޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 62 އަހަރުގެ ފްރެންކް ރޮބާޓް ޖޭމްސް ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ވަނީ އަންގާރަ ދުވަހުގެ އެންމެ ކާރުބާރު ބޮޑު ވަގުތު ސަބްވޭގައި ދުމުގެ 2 ބޮން ގޮއްވާލުމަށްފަހު ބަޑިން ހަމަލާތަކެއް ދީފައެވެ. މި ހާދިސާގައި މީހަކު މަރު ނުވި ނަމަވެސް 23 މީހަކު ވަނީ ޒަހަމްވެފައެވެ. އޭނާ ހައްރުކޮށްފައިވަނީ ހާދިސާ ހިނގި ސަރަހައްދާއި 8 މޭލު ދުރުންނެވެ.

ނިއުޔޯކްގެ ފުލުހުން ޖޭމްސް ހައްޔަރުކޮށްފައިވަނީ ހަމަލާ ދިންތާ 30 ގަޑިއިރު ފަހުންނެވެ. އޭނާ ހަމަލާ ދޭން ބޭނުންކުރި ބަޑިވެސް ވަނީ ހަމަލާދިން ސަރަހައްދުން ހޯދާފައެވެ.

ޖޭމްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވީ ހަމަލާދިން މީހާ ހައްޔަރުކުރެވިފައިވާ ކަމަށާއި، އެ ސިޓީގެ އާންމުންނަށް ރައްކާތެރިކަން ހޯދައިދެއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި