ކ. މާލެ
|
13 އޭޕްރިލް 2022 | ބުދަ 22:36
ހިޔާ ފްލެޓް ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން
ހިޔާ ފްލެޓް ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން
ރާއްޖެއެމްވީ
ހިޔާ ފްލެޓްގެ ކުލި
ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުމުގެ އިންތިޒާމް އެތަނުގެ 11ވަނަ ޓަވަރުގައި ހަމަޖައްސައިފި
 
ކުލި ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ 11ވަނަ ޓަވަރުގައި
 
މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗް.ޑީ.ސީއަށް ދައްކަން ޖެހޭ
 
ފައިސާ ބަލައިގަންނާއި ބުރާސްފަތި ދުވަހުންފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު

ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުމުގެ އިންތިޒާމް އެތަނުގެ 11ވަނަ ޓަވަރުގައި ހަމަޖައްސައިފިއެވެ.

އެޗްޑީސީން ބުނީ 11ވަނަ ޓަވަރުގައި ގާއިމުކޮށްފަައިވާ މެނޭޖްމަންޓް އޮފީހުން ފްލެޓްގެ ކުލި ބަލައިގަތުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައި ވަނީ ސަރުކާރުން 3 ފަހަރެއްގެ މަތިން، ކުލި ނެގުން ފަސްކޮށްދިނުމަށް ފަހު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި މަހުގެ ނިޔަލަށް ޖޫރިމަނާއަކާ ނުލާ ކުލި ބަލައިގަންނާނެ ކަަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ޗެކް އަދި ކާޑް މެދުވެރިކޮށްވެސް ފައިސާ ބަލައިގަންނާނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ ބުރާސްފަތި ދުވަހުންފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30ން ފެށިގެން މެންދުރު 01:30އަށެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗް.ޑީ.ސީއަށް ދައްކަން ޖެހޭނެއެވެ. ހިޔާ ހައުސިން ޔުނިޓްތަކަށް މިހާރުވެސް ބޮޑު އާބާދީއެއް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އެތަނުގައި މިހާރު ގާތްގަނޑަކަށް 20،000 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ސަރަހައްދުގައި އަސާސީ ޚިދުމަތްތަކާއި، ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށް އެޗްޑީސީއާއި، ކަމާ ގުޅުންހުރި ފަރާތްތައް މެދުވެރިވެގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހިޔާ ސަރަހައްދުގައި 16 ތަވަރު ހިމެނޭ އިރު މިހާތަނަށް އެކިޓަވަރުތަކުގައި ދިހަ ފިހާރަ ހުޅުވާފައިވެއެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް