ކ. މާލެ
|
13 އޭޕްރިލް 2022 | ބުދަ 20:47
ވެޓަރެންސް ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
ވެޓަރެންސް ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ ދެވަނައަށް
ދަ ގްރާންޑޭ މެޗު ކާމިޔާބު ކުރީ 4-0 ން
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ގްރާންޑޭގެ އަހުމަދު ފަޒީމް

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި ގްރީން ސްޓްރީޓްސް އާއި ބައްދަލުކުރި މެޗުން މޮޅުވެ ދަ ގްރާންޑޭ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ލީގު ބުރުގެ އެއްވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް ކްލަބާއި ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ހުޅުމާލެ ވެޓެރަންސްއަށް ފައިދާ ގޯލުން ކުރި ލިބެނީ ދަ ގްރާންޑޭ އަށްވުރެ އިތުރަށް ފައިދާ ގޯލުގެ ގޮތުގައި ތިން ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތީ ދެމެޗުން ހަ ޕޮއިންޓް ހޯދާފައިވާ މޯލްޑިވްސް ސޮކަ މޭޓްސްއެވެ.

މިއަދު ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި ހަސަން ޝަރީފްގެ ލަނޑުން ދަ ގްރާންޑޭ ލީޑު ނެގިއެވެ. އެޓީމުން ދެން ޖެހި ތިން ގޯލުތަށް ކާމިޔާބުކުރީ މެޗުގެ ފަހު 12 މިނިޓް ތެރޭގައެވެ. މި ލަނޑުތައް ޖެހީ އިބްރާހިމް ޒައީމް، އަބްދުލް ހަފީޒް އަދި އަހުމަދު ޝަކީބްއެވެ. ދަ ގްރާންޑޭ މެޗު ކާމިޔާބު ކުރީ 4-0 ންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ގްރާންޑޭގެ އަހުމަދު ފަޒީމްއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ބާއްވަން ފަށާފައިވާއިރު އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް ނިކުންނާނީ ދިވެހި ސިފައިންގެ ކްލަބާއި ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގައެވެ. މުބާރާތުގެ މެޗުތައް ކުރިޔަށްދަނީ އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައެވެ.

- ކޮމެންޓް