ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 00:32
މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގު އުފުލާލަނީ
މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގު އުފުލާލަނީ
ގޫގުލް
ފޯބްސް
ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް
ޔުނައިޓެޑުގެ އަގު ވަނީ 2.86 ބިލިއަން ޕައުންޑަށް އަރާފައި
ފާއިތުވި 4 އަހަރު އެއްވަނާގައި އޮތް ރެއާލްއަށް ލިބިފައިވަނީ 3 ވަނަ

 

ދުނިޔޭގެ އެންމެ މުއްސަނދި ކްލަބަކަށް އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ހޮވިއްޖެއެވެ.

ފޯބްސް މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ މުއްސަނދި ކުލަބު މަގާމު ހޯދާފައި ވާއިރު، އެކްލަބު އަގު މިހާރު ވަނީ 2.86 ބިލިއަން ޕައުންޑަށް އަރާފައެވެ. ފާއިތުވި 4 އަހަރުވެސް އެންމެ މުއްސަނދި ކްލަބު މަގާމުގައި އޮތް ސްޕެއިންގެ ރެއާލް މެޑްރިޑަށް މިފަހަރު ރެކޯޑު ކުރެވިފައިވަނީ 3 ވަނައަށެވެ.

ރެއާލްގެ ކޯޗް ޒިދާންގެ އިރުޝާދުގެ ދަށުން ވިދިވިދިގެން 2 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު އުފުލާލުމުގެ އިތުރުން އެންމެ ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ލަލީގާ ކާމިޔާބުކުރި ނަމަވެސް، ފޯބްސްއިން ހޮވާ އެންމެ މުއްސަނދި ކްލަބުގެ ލިސްޓުން ރެއާލްއަށް ބާސާ ފަހަތަށް ޖައްސާލެވޭ ގޮތެއް ނުވިއެވެ. ލިސްޓުގެ ތިންވަނައިގައި ރެއާލް ރެކޯޑު ކުރެވިފައިވާ އަގަކީ 2.77 ބިލިއަން ޕައުންޑެވެ. 2 ވަނައަށް ރެކޯޑް ކުރެވިފައިވާ ބާސެލޯނާގެ އަގަކީ 2.82 ބިލިއަން ޕައުންޑެވެ.

ލިސްޓުގެ 4 ވަނައިން ޖާގަ ހޯދާފައިވަނީ ކާމިޔާބު ފަސް ސީޒަން ނިންމާލާފައިވާ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އެ ކްލަބުގެ އަގުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 2.10 ބިލިއަން ޕައުންޑެވެ. މީގެ އިތުރުން އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު މެންޗެސްޓާ ސިޓީ ވަނީ ލިސްޓުގެ 5 ވަނަ މަގާމަށް ޖެހިލާފައެވެ. އެކުލަބުގެ އަގަކީ 1.61 ބިލިއަން ޕައުންޑެވެ.

އެންމެ މުއްސަނދި 20 ކްލަބުގެ ތެރޭގައި ގިނައިން ހިމެނިފައިވާ އިނގިރޭސި ޕްރެމިއާ ލީގުގެ ކްލަބުތަކެވެ. އޭގެ ތެރެއިން އާސެނަލް، ޗެލްސީ، ލިވަޕޫލް، ޓޮޓެންހަމް ވަނީ ޔުނައިޓެޑާ ސިޓީ އާއި އެކު އެންމެ މުއްސަނދި 10 ކްލަބުގެ ތެރެއިން ޖާގަ ހޯދާފައެވެ.

 

 

 

 

- ކޮމެންޓް