ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 19:50
ވެޓަރެންސް ލީގުގައި ޕޮލިސް ކްލަބާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗުގެ ތެރެއިން
ވެޓަރެންސް ލީގުގައި ޕޮލިސް ކްލަބާއި ހުޅުމާލެ ވެޓަރެންސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ހުޅުމާލެ ވެޓަރެންސްއަށް އަށް ތިންވަނަ މޮޅު
ހުޅުމާލެ ވެޓެރަންސް އޮތީ ލީގު ތާވަލުގެ އެންމެ ކުރީގައި ނުވަ ޕޮއިންޓް ހޯދައިގެން
ހުޅުމާލެ ވެޓަރެންސް މެޗު ކާމިޔާބުކުރީ 5-1 ން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި ހުޅުމާލެ ވެޓަރެންސް ކްލަބް ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގައި މިއަދު ބައްދަލުކުރީ ޕޮލިސް ކްލަބާއި ހުޅުމާލެ ވެޓަރެންސްއެވެ. މި މެޗުން ހުޅުމާލެ ވެޓަރެންސް ކާމިޔާބުކުރީ 5-1 ންނެވެ. ތިން މެޗުން މޮޅުވެ، ހުޅުމާލެ ވެޓެރަންސް އޮތީ ލީގު ތާވަލުގެ އެންމެ ކުރީގައި ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ ޕޮލިސް ކްލަބު މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ހުޅުމާލެއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ޖަމީލް (ޖަމްބެ) އާއި އަބްދުﷲ ސުޖާއު (ސުޖާ) އަދި އަބްދުﷲ ޝިފާއު އެވެ.

ދެވަނަ ހާފުގައި ޕޮލިހުގެ މުހައްމަދު ނާޒިމް އެޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް ހުޅުމާލެ ވެޓަރެންސް އިން މި ހާފުގައި އިތުރު ދެ ލަނޑު ޖަހައި މެޗުން މޮޅުވީއެވެ. އެޓީމުގެ ލަނޑުތައް ޖެހީ އަހުމަދު ޝާހިދު އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ބާއްވަން ފަށާފައި ވާއިރު އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ނިކުންނާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގައެވެ. މުބާރާތުގެ މެޗުތައް ކުރިޔަށްދަނީ އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައެވެ.

- ކޮމެންޓް