ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 19:44
ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު
ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު
ފަރެސްމާތޮޑާ މަސްވެރިއެއް
މަސްވެރިންގެ ހަޅުތާލު
5 ޓަނަށްވުރެ ވުރެ އިތުރަށް ކިރަން ބައެއް މަސްވެރިން ދެކޮޅު ހެދުމުން މަސްވެރިންގެ ހަޅުތާލު ހޫނުވެއްޖެ
މިފްކޯއިން ވަނީ ސްޓޯރޭޖް ފުރެންދެން ލިމިޓެއްނެތި މަސްކިރާނެ ކަމަށް ބުނެފަ
މަސްކިރުން ނުފެށިފައިވަނީ ހުރިހާ މަސްވެރިން އެއްގަލަކަށް ނާރާތީ
މަސްވެރިންނާއި މިފްކޯގެ އިސްވެރިންނާއެކު އަދިވެސް މަޝްވަރާތައް ކުރިއަށްދޭ

ސްޓޯރޭޖް ފުރެންދެން މަސްކިރުމަށް މިފްކޯއިން  އެއްބަސްވެފައިވަނިކޮށް، ބައެއް މަސްވެރިން 5 ޓަނަށްވުރެ އިތުރަށް ކިރުމާއި ދެކޮޅު ހެދުމުގެ ސަބަބުން،މިއަދު މަސްވެރިން ކުރަމުންދާ އިހުތިޖާޖު ހޫނު ވެއްޖެއެވެ.

އެންމެ ދެކުނުގެ ގިނަ މަސްވެރިން ގުޅިގެން އަންގާރަ ދުވަހު ހެނދުނުން ފެށިގެން  ކޫއްޑޫގައި ކުރަމުން އަންނަ މުޒާހަރާ ހޫނުވާން ދިމާވީ، މަސް ކިރުން ކޮންޓްރޯލް ކުރުމާއި ގުޅިގެން  ކުރި އިހުތިޖާޖު ތަކަށްފަހު މަސްވެރިން އެދެމުން އައި ގޮތަށް މަސްކިރައިދޭން މިފްކޯއިން އެއްބަސްވިހިސާބުން މަދުން މަސްބާނާފައިވާ ބައެއް ދޯނިތަކުން 5 ޓަނަށް ވުރެ އިތުރަށް ކިރުމާއި ދެކޮޅު ހެދުމުންނެވެ. ކޫއްޑޫގައި ހުރި މަސްވެރިއަކު ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ބުނީ މަސްވެރިން އެދުނުގޮތަށް ލިމިޓެއްނެތި މަސް ކިރައިދޭން ފަށާފައިވަނިކޮށް އެއްބަޔަކު އެކަމަށް ހުރަސްއަޅާ މަސް ކިރުން ހުއްޓުވާލީކަމަށެވެ.

މަސްކިރާ ކައްޓާގެ މައްޗަށް އަރާ އެމީހުންތިބީ. ދެން ކިހިނެއް މަސްކިރާނީ. އެމީހުންނަށް މަދުން މަސް ބޭނުނީތީ ކަންކުރަންބޭނުންވި ގޮތެއް އެއީ. އެކަމަކު އެކަހަލަ މަދު ބަޔަކު ފިޔަވައި އެހެން އެންމެން ތިބީ 40 ، 50 ޓަނުން މަސް ނުކިރިފަ. އިންސާފެއް ތޯއެއީ؟

މަސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުން މަސްކިރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަސްރަޙު ހޫނުވުމުން އެސަރަޙައްދުގައި ވަނީ ގިނަ ޢަދަދެއްގެ އެސްއޯ ފުލުހުންވެސް ޙަރަކާތްތެރި ވާން ފަށާފައެވެ.

މަސްވެރިންގެ ހަޅުތާލު ފެށުނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށްވުރެ ބާނާ މަސް ގިނަވުމުގެ ސަބަބުން އޭޕްރީލް 6ން ފެށިގެން  ކޮންމެ ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް ގަވާއިދު ބަދަލު ކުރުމާއި ގުޅިގެން މަސްވެރިންނަށް ގެއްލުން ލިބެމުންދާތީ އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.

ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު - ފަރެސްމާތޮޑާ މަސްވެރިއެއް

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިންނާއި އާންމުން ސަރުކާރަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށް ފިޝަރީޒް މިނިސްޓަރުވެސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ކޫއްޑޫއަށް ޒިޔާރަތްކުރައްވާ މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

އަދި މި ކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ވަގުތީގޮތުން މަސްކިރުމުގެ މައްސަލަ ހައްލުކުރުމަށް މަސްފިނިކުރާ ބޮޑުއުޅަނދެއް ފެލިވަރުން ކޫއްޑޫއަށް ގެނެސްފައިވާނެ ކަމަށާއި، މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭވަރު އިތުރު ކުރުމަށް މަސްގަންނަ ބާޖެއްވެސް މާންދޫގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. މިމައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން މިފްކޯގެ ކެޕޭސިޓީ ފުރެންދެން މަސްވެރިންބާނާ މަސް ކިރޭނެ ކަމަށް މިފްކޯއިން ވަނީ އަންގާފައެވެ.

- ކޮމެންޓް