ކަނަމަދު ޕުޑިން
12 އޭޕްރިލް 2022 | އަންގާރަ 12:08
ޕުޑިން - ޕުޑިން އަކީ ގިނަ ބަޔަކަށް ކަމުދާ ފޮނިކާ އެއްޗެއް
ޕުޑިން - ޕުޑިން އަކީ ގިނަ ބަޔަކަށް ކަމުދާ ފޮނިކާ އެއްޗެއް
ޔަމީ / ޔޫޓިއުބް ޗެނަލް

ޕުޑިން އަކީ ދިވެހިންގެ މެދުގައި މަގުބޫލު ފޮނި ކާއެއްޗެކެވެ. ތަފާތު އެކި ބާވަތް ބާވަތުގެ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ވެސް މިހާރު ޕުޑިން އަޅައެވެ.

ބޭނުންވާ ތަކެތި

  • 8 ބިސް
  • 100ގ ކަނަމަދު (މުގުރާފައި)
  • ½ ޖޯޑު ފެން
  • 1 ދަޅު ގެރިކިރު
  • 2 މޭޒުމަތީ ސަމުސާ ހަކުރު
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ބިސް، ގެރިކިރު، އަދި ވެނީލާ އަޅައިގެން ހޭންޑް މިކްސަރަކުން ރަނގަޅަށް ގިރާލާށެވެ. އެއަފަހު ކުރިން ފުނޑުކޮށްފައި ހުރި ކަނަމަދު އަޅާލުމަށް ފަހު ގިރާލާށެވެ. ދެން ކެރަމަލްކޮޅު ހެދުމަށް ޓްރޭއެއް ނުވަތަ ތެއްޔަކަށް ހަކުރު ކޮޅު އެޅުމަށްފަހު ކުޑަ ފެންފޮދެއް އަޅާ މުށި ކުލަ އަރަންދެން ކައްކާލާށެވެ. އެއަށްފަހު ހިހޫކޮށްލަން ބަހައްޓާށެވެ.

ޕުންޑިން ތައްޔާރުކޮށްލުމަށް ގިރާލި ބައި ޓްރޭއަށް އަޅާލުމަށްފަހު އާވިން ކައްކާލާށެވެ. ގިނަ މީހުން މިހާރު ބޭނުން ކުރަނީ އަވަނެވެ. ނަމަވެސް އަވަނުގައި ޕުޑިން ފިހުމަށް ވުރެ ބޮޑަށް ރަނގަޅީ ޓްރޭއަށް ވުރެ ބޮޑު ތެއްޔަކަށް ފެން އެޅުމަށްފަހު، ޓްރޭ ތެލީގެ ތެރޭގައި ބަހައްޓައިގެން އާވިން ކައްކާލުމެވެ. މި ގޮތަށް ކައްކާއިރު ޓްރޭގެ ތެރެއަށް ފެން ނުވަންނާނެ ހެން ބަހައްޓަން ވާނެއެވެ. މިގޮތަށް 30 ނުވަތަ 40 މިނިޓް ވަންދެން ކައްކާލީމަ ހުންނާނީ ރަނގަޅަށެވެ.

- ކޮމެންޓް