ގަތަރުގެ ޕާސްފޯޓްގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ތެރެއިން ދަތުރު ނުކުރެވޭނެ ކަމަށާއި އަދި ޓްރާންސިޓް ވެސް ނުކުރެވޭނެ ކަމަށް އިއްތިހާދު އެއަރވޭސް އިން އަންގައިފިއެވެ.
އަބޫދާބީގެ ރަސްމީ އެއަރލައިން އިއްތިހާދުން އަންގާފައިވަނީ އެ އެއަރލައިން ގައި ދަތުރު ކުރާ ފަސިންޖަރުންގެ ތެރެއިން ގަތަރުގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ޔޫއޭއީއަށް ނޭރޭނެ ކަމަށް އަބޫދާބީ ސަރުކާރުން ހުރިހާ އެއަރލައިން އަކަށް އަންގާފައިވާ އެންގުމެއް އެ އެއަރަލައިން އަށް ވެސް ލިބުމާ ގުޅިގެން އެކަން ފަސިންޖަރުންނަށް އަންގަމުންދާ ކަމަށެވެ.
އިއްތިހާދުގެ ތަރުޖަމާނު އަލް އަރަބިއްޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ގަތަރުގެ ރެސިޑެންޓް ވިސާގައި ދަތުރުކުރާ މީހުންނަށްވެސް މިހާރު އޮން އެރައިވަލް ވިސާ ޔޫއޭއީން ނުލިބޭނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ގަވައިދަށް އަމަލު ކުރަން ޔޫއޭއީއަށް ދަތުރުކުރާ ހުރިހާ އެއަލައިން އަކަށް ވަނީ ޔޫއޭއީން އަންގާފައެވެ.