ބޭނުންވާ ތަކެތި

  • 2 ބިސް
  • 1 ސަމްސާ ލުނބޯހުތް
  • ޗީޒް ގާނާފައި
  • ފާރޮށި ކުނޑި
  • 1 ދަޅު މަސް
  • 1 ފިޔާ ކިއުބްކޮށް ކޮށާފައި
  • ކުޑަ އަސޭމިރުސްކޮޅެއް
  • ރަހަލާވަރަށް ކުޑަ ލޮނުކޮޅެއް
  • ކުޑަ ގިތެޔޮ މިރުހެއް ކުދިކޮށް ކޮށާފައި
  • 1 އަލުވި ފެނުކައްކާފައި

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ 2 ބިސް އަދި ލުނބޯހުތްކޮޅު ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު އެއިގެ ތެރެއަށް ގާނާފައި ހުރި ޗީޒް އަދި ފާރޮށިކުނޑި އެޅުމަށްފަހު އެއްކޮށްލުމަށްފަހު ޕޭސްޓްގަނޑެއްހެން ތައްޔާރުކޮށްލާށެވެ. ޕޭސްޓްގަނޑު ރަނގަޅަށް ތައްޔާރުވުމުން އޭގެ ތެރެއަށް މަސްދަޅާއި، ފެނު ކެއްކި އަލުވިއާއި، ފިޔާ، ގިތެޔޮ މިރުސް، ލޮނު އަދި އަސޭމިރުސް ކޮޅު އަޅާލާފައި ރަނގަޅަށް މޮޑެލާށެވެ.

އެއަށްފަހު އެމަސްގަނޑުން ގުޅަ ހެދުމަށްފަހު އަތުތެރޭގައި ފަތިކޮށްލާށެވެ. ދެން ތަވައެއްގެ ތެރެއަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ތައްޔާރުކުރި ތަކެތި އެޅުމަށްފަހު ގާތްގަނޑަކަށް 5 ވަރަކަށް މިނެޓު 2 ފަރާތް ފިހެވެންދެން ބަހައްޓާށެވެ. ރަނގަޅަށް 2 ފަރާތް ފިހެވުމުން މިހާރު އެވަނީ ޓޫނާ ޕެޓީސް ތައްޔާރުކޮށް ނިމިފައެވެ.  

- ކޮމެންޓް