ކ. މާލެ
|
9 އޭޕްރިލް 2022 | ހޮނިހިރު 12:51
ސައޫދީއާއި އެ ގައުމުން ބޭރުގެ މީހުންވެސް ހިމެނޭގޮތަށް، ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެގައުމުން ވަނީ ނިންމާފައި
ސައޫދީއާއި އެ ގައުމުން ބޭރުގެ މީހުންވެސް ހިމެނޭގޮތަށް، ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެގައުމުން ވަނީ ނިންމާފައި
އޭއެފްޕީ
ހައްޖުގެ އަޅުކަން އަދާކުރުން
ސައޫދީން މިއަހަރު އެއްމިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދޭނެ
ސައޫދީން ބޭރުން އަންނަ ފަރާތްތަކެއްނަމަ، 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަންޖެހޭ
ފުރުސަތު ލިބޭނީ އުމުރުން 65 އަހަރުން ދަށުގެ، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް
ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް ސައޫދީން ނިންމާފައިވޭ

ސައޫދީއަރަބިއާއިން މިއަހަރު އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށް ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ، (ސައޫދީއާއި އެ ގައުމުން ބޭރުގެ މީހުންވެސް ހިމެނޭގޮތަށް) ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާއިރު، 2019 ވަނަ އަހަރުވެސް 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެހެންނަމަވެސް، ކޮވިޑުގެ ގާލަތުގެ ސަބަބުން ފާއިތުވި 2 އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ އާންމު އުސޫލުން ހުއްދަދޭ މިންވަރަށްވުރެ މަދު މީހުންނާއެކުގައެވެ. އެގޮތުން 2020 ވަނަ އަހަރު މި އަޅުކަން އަދާ ކުރުމަށް ހުއްދަ ދީފައިވަނީ 1000 މީހުންނަށެވެ.

އަދި ނިމިދިޔަ 2021 ވަނަ އަހަރު 60،000 މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައޫދީން ވަނީ ދީފައެވެ.

ހޮނިހިރު ދުވަހު އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން, މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ލިބޭނީ އުމުރުން 65 އަހަރުން ދަށުގެ, ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

އޭގެ އިތުރުން، ސައޫދީން ބޭރުން އަންނަ ފަރާތްތަކެއްނަމަ، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއްވެސް ހުށަހަޅަންޖެހެއެވެ.

- ކޮމެންޓް