އޯރިއޯ ފްލަފް ހަދަން ބޭނުންވާ ތަކެތި

  • ކްރީމް ޗީޒް
  • 1 ދަޅު ގެރިކިރު
  • ވިޕިންގ ކްރީމް
  • 1 ޕެކެޓް އޯރިއޯ (ކްރީމް ކޮޅު ނަގާއަތުން ފުނޑު ކޮށްލާފައި)
  • 1 ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ކްރީމް ޗީޒް އާއި ގެރިކިރު އަދި އޯރިއޯ ބިސްކޯދުން ނެގި ކްރީމް ތައް ތައްޓަކަށް އެޅުމަށްފަހު ހޭންޑް މިކްސްޗާއަކުން ރަނގަޅަށް މިކްސްކޮށްލާށެވެ. ވަކިން ވިޕިންގ ކްރީމް އެހެން އެއްޗެއްގައި ވިޕް ކޮށްލުމަށްފަހު ކުރިން މިކްސް ކުރި ކްރީމް ޗީޒްގެ ތެރެއަށް އަޅާ ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އަތުން ފުޑު ކޮށްލާފައި ހުރި އޯރިއޯ ބިސްކޯދުކޮޅު، މިބައިގެ ތެރެއަށް އަޅާ ރަގަޅަށް ސަމުސަލުން މިކްސްކޮށްލާށެވެ. ދެން މަތިޖެހޭ ކޮންޓެއިނަރ އަކަށް އެޅުމަށްފަހު ފިނިކޮށްލަން 2ގަޑިއެއްހާއިރު ފްރިޖުގައި ބަހައްޓާށެވެ. ފިނިވުމުން ބޭނުން ކުރައްވާށެވެ.

- ކޮމެންޓް