ކ. މާލެ
|
8 އޭޕްރިލް 2022 | ހުކުރު 05:27
ސުހައިލް އަހުމަދު - އެޗްޑީސީގެ އެމްޑީ
ސުހައިލް އަހުމަދު - އެޗްޑީސީގެ އެމްޑީ
ރާއްޖެއެމްވީ
ހިޔާ ފްލެޓްގެ ކުލި
ހިޔާ ފްލެޓްގެ ކުލި ދެއްކުމާ ގުޅޭ ގޮތުން ބޮޑު ޝަކުވާއެއް ހުށައެޅިފައި ނެތް - ސުހައިލް
 
ސާރވޭއިން ދައްކާ ގޮތުން 4500ށްވުރެ ގިނަ އާއިލާ މިހާރު ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލު ކޮށްފައިވޭ
 
ކުލި ނެގުން އިތުރަށް ފަސްކުރެވެން ނެތް
 
ހިޔާ ފްލެޓްގެ ކުލި ނެގުން ދެފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، މިހާރު ކަނޑައަޅާފައިވާ އަގަކީ އެތަނުން ކުލީގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދު
 
ކުއްޔާ ގުޅޭ ގޮތުން ހުށައެޅިފައިވާ ޕެޓިޝަނަށް ޖަވާބުދެއްވާނެ ކަމަށް ސުހައިލް ވިދާޅުވި

ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމުން އެހެން ފަހަރުތަކާ އަޅާބަލާއިރު ބޮޑު ޝަކުވާއެއް ނާންނަ ކަމަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމަގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ، ދެފަހަރެއްގެ މަތިން ކުލި ނެގުންފަސް ކުރުމަށްފަހު މި މަހުގެ 1ވަނަ ދުވަހު ކުލި ނަގަން ފެށުމުން އެހެންފަހަރުތަކާ ބަލާފަ ބޮޑު ޝަކުވާއެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް އެޗްޑީސީއަށް ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި، އެއަށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުލި ނެގުން ދެފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، މިހާރު ކަނޑައަޅާފައިވާ އަގަކީ އެތަނުން ކުލީގެގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދު ކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ. މިވާހަކަ ތަކުރާރު ކުރައްވަމުން ސުހައިލް ވިދާޅުވީ، ކުލި ނެގުން އިތުރަށް ފަސްކުރެވެން ނެތްކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، އެތަން ހެދުމަށް ނަގާފައިވާ ލޯނު ދެއްކުން ފަސްކުރެވެން ނެތުމެވެ. ސަރުކާރުންވެސް ވަނީ ރައްޔިތުންނަށް މިކަން ވަރަށް ބޮޑަށް ތަފްސީލް ކޮށްދެއްވައި، ދެވެން އޮތް ލުއިތައް ދެއްވާފައެވެ.

ސުހައިލް ވިދާޅުވީ، އޮންލައިކޮށް އަދި އެޗްޑީސީއަށް ވަޑައިގެން ކުލި ދެއްކުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި އަންނަ މަހު ކުލި ދައްކާ ދުވަހާ ދިމާކޮށް ފަސޭހައިން ކުލި ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓް ސަރަހައްދުން ކުލި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސުހައިލް ވިދާޅުވީ، މިހާރު އެޗްޑީސީން ހަދަމުން އަންނަ ސާރވޭއިން ދައްކާ ގޮތުން 4500ށްވުރެ ގިނަ އާއިލާ މިހާރު ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު 20،000ށްވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ފްލެޓް އެގްރީމެންޓްގައި 6،000ށްވުރެ ގިނަ މީހުން ސޮއި ކޮށްފައިވާއިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ އެގްރީމެންޓްގައި ސޮއި ކޮށް ނިިިމޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، ހިޔާ ފްލެޓް ކުއްޔަދިނުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަން އެޗްޑީސީން ބަލައި، ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރާނެ ކަމަށެވެ. މިހާރު ހަދަމުންދާ ސަރވޭ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮމްޕައިލްކޮށް އެ ސާރވޭގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

މިހާރު ހިޔާ ފްލެޓް ސަރަހައްދުން ވިޔަފާރިތައް ފުޅާވަމުން އަންނަކަން ފާހަގަކުރައްވަމުން ސުހައިލް ވިދާޅުވީ، 30ށްވުރެ ގިނަ ފަރާތަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. މިހާރު 5 ފަރާތަކުން ތަފާތު ވިޔާރިތައް އެ ސަހަރުގައި ކުރަމުންދާ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި އާންމު ޚިދުމަތްތައްވެސް މަޑުމަޑުން ފެށިގެން ކުރިއަށްދާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ގާވާއިދާ ޚިލާފަށް ހިޔާ ސަރަހައްދުގައި އެއްވެސް ކަމެއްކުރާނަމަ އެކަން ހުއްޓުވާނެ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރު ބައެއް މަޝްރޫއުގެ ތަފްސީލް ދެއްވަމުން ސުހައިލް ވިދާޅުވީ، ހުޅުމާލެއިން މާލެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދު ތަކުން ބިން ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ސުހައިލް ވިދާޅުވީ ވިނަރެސް ފްލެޓްތައް އިއުލާން ކުރާނީ މާލޭގެ ރައްޔިތުންނަށް ކަނޑައެޅޭ ފްލެޓްތަކުގެ ޝަރުތުތައް ކަނޑައަޅައި ނިމުމުން ކަމަށެވެ.އަގުތަކާ ގުޅޭ ގޮތުން ސުހައިލް ވިދާޅުވީ، އެކި ޔުނިޓް ތަކުގެ އަގުތައް ތަފާތުވާނެ ކަމަށެވެ.

'ރީތިގަސް' ފްލެޓްގެ މައުލޫމާތު ހިއްސާ ކުރައްވަމުން ސުހައިލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެތަނުގައި ހަދާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ މަސައްކަތް ކަމަށެވެ. މުޅި ޕްރޮޖެކްޓް ނިމޭނީ އަންނަ އަހަރު ކަމަށް ސުހައިލް ވިދާޅުވިއެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް