ނަޓެއްލާ ބްރައުނީސް
7 އޭޕްރިލް 2022 | ބުރާސްފަތި 15:01
ނަޓެއްލާ ބްރައުނީސް
ނަޓެއްލާ ބްރައުނީސް
ކުކިސްޓް

މިއީ ގޭގައި ބޭނުން ކުރާ މަދު ބާވަތެއް ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ފޮނި އެއްޗެކެވެ.

ބޭނުންވާ ތަކެތި

  • 400ގ ނަޓެއްލާ
  • 3 ސަމުސާ ފުށް
  • 1 ސަމުސާ ކޮކޯ ޕައުޑަރ
  • 1 ބިސް
  • ބިހުގެ ޔެލޯ ބައި
  • 2 ސަމުސާ ހޫނު ކިރު

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ބޯތައްޓަކަށް ނަޓެއްލާ، 1 ބިސް އަދި ބިހުގެ ޔެލޯ ބައި އެޅުމަށްފަހު ރަނގަޅަށް އެއްކޮލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފުށާއި ކޮކޯ ޕައުޑަރ އަޅާލާފާއި އެއްކޮށްލާށެވެ. ދެން 2 ސަމްސާ ހޫނު ކިރު އޭގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކުރުމަށްފަހު، ޓްރޭއެއްގައި ބޭކިންގ ޝީޓެއް އެޅުމަށްފަހު މިކްސްކުރި ބައި އަޅާލާށެވެ.

ދެން 180 ޑިގްރީއަށް އަވަން ޖެއްސުމަށްފަހު 20 – 18 މިނިޓުވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ޓްރޭ ނެގުމަށްފަހު ކުޑައިރުކޮޅެއް ވަންދެން ހިހޫކޮށްލަން ބަހައްޓާށެވެ. ހޫނުކަން ފިލުމުން ނަޓެއްލާ ބްރައުނީސް އެވަނީ ތައްޔާރުވެފައެވެ. ނަޓެއްލާ ބްރައުނީސް ގޮޅިކޮން ކަފާ ލުމަށްފަހު ސަރވް ކުރުމުގެ ކުރިން އިތުރަށް މީރުކޮށްލުމަށް މަތީގައި ކުޑަ ކުޑަ ނަޓެއްލާކޮޅެއް ހާކާލެވިދާނެއެވެ.

ހަދާ މިންވަރު އިތުރު ކުރަން ބޭނުންނަމަ މިންގަޑު ޑަބަލް ކޮށްލެވިދާނެއެވެ.

- ކޮމެންޓް