Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
6 އޭޕްރިލް 2022 | ބުދަ 10:13
ކުޅުދުއްފުށި ޤުރުއާން މުބާރާތް
ކުޅުދުއްފުށި ޤުރުއާން މުބާރާތް
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ޤުރުއާން މުބާރާތް
ކުޅުދުއްފުށި ޤުރުއާން މުބާރާތް ފަށައިފި
މިމުބާރާތުގައި 103 ދަރިވަރުން ވަނީ ބައިވެރިވެފައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކުޅުދުއްފުށި ޤުރުއާން މުބާރާތް ފަށައިފި އެވެ.

އަފީފުއްދީން ސްކޫލް ހޯލްގައި އަންގާރަ ދުވަހު ހެނދުނު ފެށި މިމުބާރާތުގައި މިއަހަރު 103 ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރަށު ޤުރުއާން މުބާރާތް މެދުކެނޑިގެން ދިޔަނަމަވެސް ކުރިއަށް އޮތްތަނުގައި މެދުކެނޑުމެއް ނެތި މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ.

Advertisement

މިއަހަރުގެ މުބާރާތުގައި ކުޅުދުއްފުށީ 3 ސްކޫލްގެ އިތުރުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުންނާއި، 3 ޤުރުއާން ކުލާހަކުން ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 9 އާއި ހަމަޔަށް ކުރިއަށްދާ މި މުބާރާތް ބަހާލާފައިވަނީ 6 އުމުރުފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، އަދި 18 އަހަރުން މައްޗަށެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންނަކީ މުހައްމަދު ފައިސަލް އާއި ހުސެއިން ރުޝްދީ އަދި މުހައްމަދު އަހުމަދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް