ކ. މާލެ
|
5 އޭޕްރިލް 2022 | އަންގާރަ 16:01
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީން ދެއްވަނީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީން ދެއްވަނީ
ރައްޔިތުންގެ މަޖިލިސް
ބޯހިޔާވަހިކަން
މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫއެއް ކުރިއަށްއެބަދޭ، ބޮޑު ބައި އަންނަ އަހަރު ނިމޭނެ
މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން 2022ވަނަ އަހަރު 2،159 ހައުސިންގ ޔުނިޓް ނިމޭނެ
މިހާރުވެސް 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމެނޭ 16 މަޝްރޫއެއް ޓެންޑަރ މަރުހަލާގައި އެބައޮތް
މުޅި ރާއްޖޭގައި 60 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު އެއީ 14،528 ޔުނިޓްގެ މަސައްކަތް

ބޯހިޔާވަހިކަމުގެ 60 މަޝްރޫއުއެއް މުޅި ރާއްޖޭގައި ހިނގަމުން އަންނަ ކަމަށާއި، މި މަސައްކަތުގެ ބޮޑު ބައެއް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މުޅި ރާއްޖޭގައި 60 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު އެއީ 14،528 ހައުސިންގ ޔުނިޓް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ، 720 ކައުންސިލް ހައުސިން، 2405 އެޓޯލް ހައުސިންގ، 6،370 އެފޯޑަބްލް ހައުސިންގ، އަދި 4،116 މިޑް ރޭންޖް ހައުސިންއެވެ.  އަކްރަމް ވިދާޅުވީ، 2023 ގައި މާލޭ ސަރަހައްދުގައި 2،600 ހައުސިންގޔުނިޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި 2023ވަނަ އަހަރުގެ މެދު ތެރޭގައި މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މިހާރުވެސް 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމެނޭ 16 މަޝްރޫއުއެއް ޓެންޑަރ މަރުހަލާގައި އެބައޮތް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަތޮޅުތެރޭގައި ހިނގަމުން އަންނަ މަޝްރޫއުތަކުގެ އިތުރު ތަފްސީލް ދެމުން މިނިސްޓްރީން ބުނީ، 705 ހައުސިންގޔުނިޓެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށާ މި ޔުނިޓްތައް މި އަހަރުގެ ދެވަނަ ކުއާޓަރގައި ނިމޭނެ ކަމަށެވެ. މާލެ ސަރަހައްދުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާ 1،687 ޔުނިޓެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން 2022ވަނަ އަހަރު 2،159 ހައުސިންގ ޔުނިޓް ނިމޭނެ ކަމަށް މިނިސްޓްރީން މައުލޫމާދުދެއެވެ.

މި ދައުރު ނިމޭއިރު ރައީސް ވައުދުވެވަޑައިގެންނެވި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ފެށޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމްވަނީ މީގެ ކުރިން ބައެއް މީޑިއާތަކުން މިއަހަރު އެއްވެސް ހައުސިންގ ޕްރޮޖެކްޓެއް ނުނިމޭނެ ކަމަށް ރިޕޯޓްކޮށްފައިވާތީ، އެކަން ކުށްވެރިކުރައްވާފައެވެ.

- ކޮމެންޓް