އިރާނުގެ ވެރިރަށް ތެހެރާނުގައި ބުދަ ދުވަހު ހަތިޔާރުއެޅި ބަޔަކު ދިން ވަކި ދެ ހަމަލާއެއްގައި، މަދުވެގެން ހަތް މީހުން މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަތް މީހުން މަރުވީ ގާނޫނު ހަދާ މަޖިލީހުގައި ދިން ހަމަލާގައެވެ. އަދި ބަޔަކު ރަހީނުވެސް ކޮށްފައިވާއިރު، ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީގެ ޒިޔާރަތުގައި ދިން ހަމަލާގައި ވެސް އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި ހަަމަލާ ދިން ތިން މީހުންގެ ތެރެއިން އެކަކު އަތުގައި އޮތީ ފިސްތޯލައެއް ކަމަށްވާއިރު އަނެއް ތިން މީހުންގެ އަތުގައި އޮތީ އޭކޭ-47 ރައިފަލެކެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދޮރުތައް ހަމަލާ ދިން މީހުން ވަން އިރު ހުރީ ބަންދުކޮށްފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީގެ ޒިޔާރަތުގައި ހަމަލާ ދިނީ އެކަކު ކަމަށްވާއިރު އޭނާ ދިނީ ޖާނުން ގޮއްވާލައިގެން ހަަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާ ދިން މީހުން ހަމަލާ ދިން ސަބަބެއް އޮފިޝަލުން އަދި ހާމައެއް ނުކުރެއެވެ.
އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ އަކި 1979 ގައި އިރާނަށް "އިސްލާމީ އިންގިލާބު" ގެންނެވި ފަރާތެވެ. އޭނާ ވެފައިވަނީ އިރާނުގެ މިފަހުގެ ދައުލަތް އިންގިލާބީ ބަދަލެއްގެ ތެރެއިން ގެންނެވި ފަރާތަށެވެ. އަދި ޝީއީ މަޒުހަބުގައި ވަރަށް ގަދަރު ލިބިގެން ހުންނެވި ފަަރާތަކަށެވެ.