ކ. މާލެ
|
7 ޖޫން 2017 | ބުދަ 16:47
އީރާނުގެ ގާނޫނު ހަދާ މަޖިލިސް
އީރާނުގެ ގާނޫނު ހަދާ މަޖިލިސް
ޓްވިޓަރ
އިރާން
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
ޒަހަމްވި މީހުން އަދަދެއް އަދި ނޭނގޭ
ބަޑި ޖެހުމުގެ ދެ ހާދިސާއެއް ހިނގާފައިވޭ
އެކަކު ވަނީ ހައްޔަރު ކޮށްފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހަށް، ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަދެ ބަޑި ޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މި ހާދިސާގައި ޒަހަމްވެފައިވަނީ ސެކިއުރިޓީ އޮފިސަރަކާއި ދެ އާންމު ރައްޔިތެކެވެ.

އީރާންގެ ނިއުސް އެޖެންސީ، މެހްރުން ރިޕޯޓްކޮށްފައިވާ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ހެނދުނު ބަޑި ޖެހުމުގެ ހާދިސާއެއް ހިނގާފައިވެ އެވެ. ގާނޫނު ހަދާ މަޖިލީހުގައި ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ އިރު، ހަމަލާ ދިނުމުގައި މުޅިއަކު ތިން މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީގެ އިތުރުން، އަޔަތުﷲ ޚުމެއިނީގެ މަހާނަ ކައިރީގައި ދެވަނަ ހަމަލާއެއް  ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް