ކ. މާލެ
|
3 އޭޕްރިލް 2022 | އާދީއްތަ 21:43
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން
ރާއްޖެއެމްވީ
ހިޔާ ސަރަހައްދުގައި ކާބޯތަކެތި ވިއްކުން
ހިޔާ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ވިއްކުން މަނާކުރުން
 
އެ ސަރަހައްދަކީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ގެންގުޅުމުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ނުހިފެހެއްޓޭ
 
އެޕްރީލް މަހުގެ 10ވަނަ ދުވަހުގެ ފަހުން، ކާބޯޯތަކެތި ވިއްކުމަށް ބަހައްޓާފައި ހުންނަ ތަންތަން އެޗްޑީސީން ނަގާނެ
 
އެ ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތަަކަށް ޚާއްސަކޮށްގެން ޕްލޮޓްތައް އަންނަނީ ދޫކުރަމުން

ހިޔާ ސަރަހައްދުގައި ގަވާއިދާޚިލާފަށް ކާބޯތަކެތި ވިއްކުން އެޗްޑީސީން މަނާކޮށްފިއެވެ.

މިކަން މަނާކޮށް އެޗްޑީސީން ނެރުނު ބަޔާނުގައި ވަނީ، އެތަނުގައި ކާބޯތަކެތި ވިއްކަމުން އަންނަނީ އިދާރާތަކުން ނަގަން ޖެހޭ ހުއްދަ ނުނަގައި، ގަވާއިދާޚިލާފަށް ކަމަށެވެ. އެހެންކަމުން މިހާރު އެ ސަރަހައްދުގައި މިފަދަ ޚިދުމަތް ދިނުމަށް ބަހައްޓާފައި ހުރި ތަކެތި, ކުރިއަށް އޮތް އެއް ހަފުތާގެ ތެރޭގައި ނެގުމަށް ވަނީ އަންގާފައެވެ. އަދި އެޕްރީލް މަހުގެ 10ވަނަ ދުވަހުގެ ފަހުން, ކާބޯޯތަކެތި ވިއްކުމަށް ބަހައްޓާފައި ހުންނަ ތަންތަން އެ ކޯޕަރޭޝަނުން ނަގާނެކަމަށް ވަނީ ބުނެފައެވެ. އެޗްޑީސީން ނެރެފައިވާ އުސޫލާ ޚިލާފަށް އަމަލުކުރާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ ސަރަހައްދަކީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަހައްދެއް ކަމުން ކާބޯތަކެތި ގެންގުޅުމުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑަށް ހުރަސްއެޅޭ ކަމަށެވެ. އެހެންކަމުން ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ދަށްވެފައި، ބަލިމަޑުކަމެއް ކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުން އަންނަ ކަމަށެވެ.

ހިޔާ ފްލެޓްގައި ވިޔާފާރިއަށް ޚާއްސަކޮށްފައިވާ ޕްލޮޓްތައް އެޗްޑީސީން އަންނަނީ ދޫކުރަމުންނެވެ. މިހާރު އެ ސަރަހައްދުގައި ބައެއް ފިހާރަތައް ހުރިއިރު، ލޯކަލް މާރުކޭޓެއްގެ ޚިދުމަތްވެސް ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުވެސް އެ ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތަަކަށް ޚާއްސަކޮށްގެން ޕްލޮޓްތައް އަންނަނީ ދޫކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
3 އޭޕްރިލް 2022 | އާދީއްތަ 22:03
ށުވީ
ދެންކީއްވެތޯ ފިހާރަ ތަކުގަ ވިއްކެނީ
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް