ކ. މާލެ
|
3 އޭޕްރިލް 2022 | އާދީއްތަ 13:06
އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން އިމާރަތްކުރި މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓު 2019 ގައި
އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން އިމާރަތްކުރި މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓު 2019 ގައި
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
މާފަންނުގައި އަލަށް އިމާރަތްކުރި މިސްކިތްވެސް ހުޅުވައިފި
މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓު 2019 ގައި
މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަފޫޓު ހުންނާނެ
އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި

މާފަންނުގައި އަލަށް އިމާރަތްކުރި މިސްކިތް ހުޅުވައިފިއެވެ.

"މާފަންނު އާ މިސްކިތް" ހުޅުވާފައިވަނީ ހޮނިހިރު ދުވަހުއެވެ. މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަފޫޓު ހުންނާނެ ކަމަށާއި، ހަރިންމައިގެ ބޮޑުމިނުގައި 5687 އަކަފޫޓު ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން އިމާރަތްކުރި މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 27 އޯގަސްޓު 2019 ގައެވެ. އެއީ އެތަނުގައި ކުރިން ހުރި މިސްކިތް ތަޅާލައި، ޒަމާނީ ފެންވަރަށް މިސްކިތް އިމާރަތް ކުރުމަށެވެ.

މިއީ 1000 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ރަމަޟާން މަހާއި ދިމާކޮށް، ބައެއް އައު މިސްކިތްތައް ހުޅުވުމުގެ މަސައްކަތްތައް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފަށާފައިވާއިރު، ޒަކާތު ފަންޑުން ޚަރަދުކޮށްގެން ލ މަތިމަރަދޫގައި އިމާރަތްކުރި މިސްކިތާއި، ހުޅުމާލޭ 2 ވަނަ ފޭސްގައި އަޅާފައިވާ ވަގުތީ މިސްކިތަކީވެސް ރަމަޟާން މަހާއި ދިމާކޮށް ހުޅުވާފައިވާ މިސްކިތްތަކެވެ.

ހުޅުމާލޭ ފުރަތަމަ ފޭސްގައި އާރް.ސީ.ސީއިން އަޅާ މިސްކިތްވެސް ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ހުޅުވުމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

- ކޮމެންޓް