ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 16:24
ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން، މެރިޕޯލް ސިޓީ
ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން، މެރިޕޯލް ސިޓީ
ރޮއިޓާސް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާގެ ޓޭންކަރުތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ދަނީ މަސައްކަތްކުރަމުން
އެމެރިކާއިން ދަނީ ރަޝިޔާގެ އަސްކަރީ ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކާއެކު މަސައްކަތްކުރަމުން
މިއީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އެދުމުގެ މަތިން އެމެރިކާއިން ކޮށްދޭން ނިންމި ކަމެއް
ޔޫކްރެއިނަށް ދިނުމަށް ހަމަޖެހިފައި ވަނީ ކިތައް ޓޭންކަރުތޯއާއި އެއީ ކޮން ގައުމުތަކަކުން ފޯރުކޮށްދޭން ނިންމި ޓޭންކަރުތަކެއް ކަމެއް ހާމައެއްނުކުރޭ

ރަޝިޔާގެ ޓޭންކަރުތައް ޔޫކްރެއިނަށް ދިނުމަށް މަސައްކަތްކުރާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ނިއު ޔޯރކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުން, އެމެރިކާއިން ދަނީ ރަޝިޔާގެ އަސްކަރީ ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށް ދިނުމަށް ހުޅަނގުގެ ގައުމުތަކާއެކު މަސައްކަތްކުރަމުންނެވެ. މިއީ ޑޮންބަސް ސަރަހައްދުގައި ކުރިއަށްދާ ހަމަލާބަދަލުކުރުންތަކުގައި ޔޫކްރެއިން ސިފައިނަށް އެހީވުމަށް ކުރާކަމެއްކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އެދުމުގެ މަތިން އެގައުމަށް ޓޭންކަރުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ނިއު ޔޯރކް ޓައިމްސްގައި ވިދާޅުވެފައެވެ. ޔޫކްރެއިނަށް ދިނުމަށް ހަމަޖެހިފައި ވަނީ ކިތައް ޓޭންކަރުތޯއާއި އެއީ ކޮން ގައުމުތަކަކުން ފޯރުކޮށްދޭން ނިންމި ޓޭންކަރުތަކެއް ކަމަށް އޮފިޝަލު ހާމައެއް ނުކުރައްވައެވެ.

ނިއު ޔޯރކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުން ޔޫކްރެއިނަށް މި ޓޭންކަރުތައް ލިބިއްޖެނަމަ ރަޝިޔާއާ ދެކޮޅަށް ދުރު ހަމަލާތައް ދިނުމުގެ ގާބިލުކަން ޔޫކްރެއިން އަސްކަރިއްޔާގެ އިތުރުވާނެއެވެ. އަދި މި ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުން ވެގެންދާނީ މި ހަނގުރާމާގައި އެމެރިކާއިން ޔޫކްރެއިނަށް މިގޮތަށް އެހީވާ ފުރަތަމަ ފަހަރަށް ކަމަސްވެސް ނިއު ޔޯކް ޓައިމްސްގައި ވަނީ ލިޔެފައެވެ.

މިކަމާ ގުޅިގެން ރޮއިޓަރސްއިން ޕެންޓަގަންގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެ އިދާރާގެ ބަހެއް ލިބޭގޮތް ވެފައި ނުވާކަމަށް އެނޫހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
ބިމުން އެއްވެސް ބައެއް ގެއްލޭ ގޮތައް ޔޫކްރެއިނުން އޮތީ ރަޝިއާ އަށް ދޫކުރާ ގޮތަކަށް ނޫން: އޮފިޝަލް
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު
ދިގު ރާސްތާގެ ހަތިޔާރު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
ޔޫކްރެއިނުން 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ވިލާތުގެ އިއްތިހާދާ އެކު ސޮއި ކޮށްފި
ޔޫކްރެއިންގެ ވައިގެ ބަނދަރުތަކަކަށް ރަޝިއާއިން ހަމަލާދީފި
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"