ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 15:44
ސްރީލަންކާގެ ފިއުލް ޕަމްޕެއް- ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެތައް ބަޔަކު ގެންދަނީ މުޒާހަރާ ކުރަމުން
ސްރީލަންކާގެ ފިއުލް ޕަމްޕެއް- ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެތައް ބަޔަކު ގެންދަނީ މުޒާހަރާ ކުރަމުން
ލަންކާގެ އިޤްތިސާދީ ޙާލަތު
އިންޑިއާއިން ލަންކާއަށް 40،000 މެޓްރިކް ޓަނުގެ ޑީސަލް ފޯރުކޮށްދީފި
ފާއިތުވި 50 ވަރަކަށް ދުވަހުގެ ތެރޭގައި 200،000 ޓަނުގެ ޑީސަލް ވަނީ ފޯރުކޮށްދީފައި
ލަންކާގެ ފަރާތުން އެހީއާ ޙަވާލުވެފައިވަނީ އެ ޤައުމުގެ އެނަރޖީ މިނިސްޓަރ ގާމިނީ ލޮކުގެ
މި އެހީ ލަންކާއަށް ފޯރުކޮށްދިނީ އިންޑިއަން އެންވޯއީ ގޯޕާލް ބަގްލޭ

ލަންކާއަށް ދިމާވެފައިވާ އިޤްތިސާދީ ދަތިޙާލަތުން އަރައިގަތުމަށް އިންޑިއާއިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ލަންކާގައި ހުންނަ އިންޑިއަން ހައިކޮމިޝަން އާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ހޮނިހިރު ދުވަހު އިންޑިއާއިން ވަނީ ލަންކާއަށް މި އެހީ ފޯރުކޮށްދީފައެވެ. މިއީ އިންޑިއާއިން ދޫކުރާ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ދޫކުރި އެހީއެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެހީ ލަންކާއަށް ފޯރުކޮށްދިނީ އިންޑިއަން އެންވޯއީ ގޯޕާލް ބަގްލޭއެވެ. ލަންކާގެ ފަރާތުން އެހީއާ ޙަވާލުވެފައިވަނީ އެ ޤައުމުގެ އެނަރޖީ މިނިސްޓަރ ގާމިނީ ލޮކުގެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިގޮތަށް އެހީގެ ޝިޕްމަންޓް ދޫކުރާ 4 ވަނަ ފަހަރެވެ. އެގޮތުން ފާއިތުވި 50 ވަރަކަށް ދުވަހުގެ ތެރޭގައި 200،000 ޓަނުގެ ޑީސަލް ވަނީ ފޯރުކޮށްދީފައެވެ.

ކަރަންޓް ފޯރުކޮށްދެވޭވަރަށް ތެޔޮ ގަތުމަށް ފައިސާ ނެތުމުގެ ސަބަބުން ދުވާލަކު 13 ގަޑިއިރު ވަންދެން ލަންކާގެ ރައްޔިތުން ކަރަންޓުން މަހުރޫމްވެ ކަނު އަނދިރީގައި ވަނީ ހޭދަކުރަން ޖެހިފައެވެ. 22 މިލިއަން މީހުން ދިރިއުޅެމުން އަންނަ ލަންކާއަށް ކުރިމަތިވެފައިމިވާ އިގްތިޞާދީ ކާރިސާ އަކީ 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިޞާދީ ކާރިސާއެވެ.

ފާއިތުވި ދުވަސްތަކުގައި ޑީސަލް ނުލިބުމުގެ ސަބަބުންވެސް އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފައިވެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން 13 ގަޑިއިރަށް ކަރަންޓް ކަނޑަމުން އަންނައިރު އިންޖީނުތައް ހިންގާނެ ވަރަށް ތެލެއް ނެތެވެ. މިއާއެކު އެކި ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުން ވަނީ އިތުރު ނުރައްކަލަކަށް ހުށަހެޅިފައެވެ. އެމީހުންގެ ބޭސް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއް ނެތް އިރު ބޮޑެތި އޮޕަރޭޝަންތައް ކުރުން ވަނީ މެދުކަނޑާލާފައެވެ.

- ކޮމެންޓް