ކ. މާލެ
|
7 ޖޫން 2017 | ބުދަ 15:12
ގަތަރަކީ އެގައުމުގެ މަސައްކަތް ކުރުމުގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމެއް
ގަތަރަކީ އެގައުމުގެ މަސައްކަތް ކުރުމުގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމެއް
ގޫގުލް
ގަތަރު މައްސަލަ
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
ގަތަރާއި އަރަބި ހަ ގައުމަކުން ވަނީ ގުޅުން ކަނޑާލައިފައި

ފިލިޕީންސް އިން އެގައުމުގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ފިލިޕީންސް އިން ބުނީ ގަލްފު ސަރަހައްދަށް ދިމާވެފައިވާ ހަލަބޮލިކަމާ ހެދި  ގައުމުން ބޭރުގައި މަސައްކަތް ކުރާ އެގައުމުގެ މަސައްކަތްތެރިންގެ ހާލާމެދު ކަންބޮޑުވާ ކަމަށެވެ.

އެގައުމުގެ ލޭބާ ސެކްރެޓަރީ ސިލްވަސްޓްރާ ބެލޯ ވިދާޅުވީ ހާލަތު ވަޒަންކޮށް ނިމެންދެން ވަގުތީ ގޮތުން އެގައުމުގެ މަސައްކަތްތެރިން ގަތަރަށް ދަތުރުކުރުން މަނާވާނެ ކަމަށެވެ.

މެދުއިރުމަތީގައި ޑޮކިއުމެންޓް ކުރެވިގެން މަސައްކަތް ކުރާ ފިލިޕީންސްގެ ދެ މިލިޔަނަށް ވުރެ ގިނަ މަސައްކަތްތެރިން އުޅޭ އިރު، އޭގެތެރެއިން 140،000 އެއްހާ ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރުގައި އުޅެއެވެ. ތެލުގެ މުއްސަނދި ކަން ލިބިފައިވާ ގަލްފުގެ ގައުމުތަކަށް ގިނަ އަދަދެއްގެ ފިލިޕީންސް ރައްޔިތުން މަސައްކަތް ކުރަންދާއިރު ސައުދީގައި ވެސް މިލިއަނެއްހާ ފިލިޕީންސް ރައްޔިތުން މަސައްކަތްކުރެއެވެ. 

ގަތަރަކީ އެގައުމުގެ މަސައްކަތް ކުރުމުގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމެކެވެ.

ފިލިޕީންސް އިން އެގައުމުގެ މަސައްކަތްތެރިން ގަތަރަށް ދަތުރުކުރުން މަނާކުރި އިރު ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާ އެކު އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. އެ ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މީގެ އިތުރުން ދިވެހި ރާއްޖެއިން ވެސް ވަނީ ގުޅުން ކަނޑާލާފައެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާމެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާއި މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް