ކ. މާލެ
|
7 ޖޫން 2017 | ބުދަ 11:22
ގަތަރު އެއާވޭސްގެ ދަތުރުތައް ބައެއް ގައުމުތަކަށް ހުއްޓާލުމާ ގުޅޭ ފޮޓޯއެއް
ގަތަރު އެއާވޭސްގެ ދަތުރުތައް ބައެއް ގައުމުތަކަށް ހުއްޓާލުމާ ގުޅޭ ފޮޓޯއެއް
ގޫގުލް
ގަތަރު މައްސަލަ
ގަތަރުގެ މައްސަލަ ހޫނުކުރީ ރަޝިއާ ހެކަރުން ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި
މޭއި މަހުގެ 23 ވަނަ ދުވަހު ގަތަރުގެ ނިއުސް އެޖެންސީން ޝާއިރުކުރި ހަބަރަކީ ދޮގު ހަބަރެއް
ގަތަރާ ބެހޭގޮތުން ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް: ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު

ގަތަރުގެ މައްސަލަ ހޫނުކުރީ ރަޝިއާ ހެކަރުން ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.

ގަތަރާއި އިރާންއާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، މި ދެ ގައުމަކީ އެންމެ ގިނައިން އެއް ބިމަކުން ގޭސް ބޭނުންކުރަމުން އަންނަ ދެ ގައުމެވެ. އެހެންނަމަވެސް މި ދެ ގައުމުގެ މެދުގައި އިތުރު ގުޅުންތަކެއް ބަދަހިކުރަމުން އަންނަ ކަމަށް ދާދި ފަހުން ވަނީ އަޑުތަކެއް ފެތުރިފައެވެ.

އެގޮތުން އިރާނަށް އެއްބާރުލުން ނުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގަތަރުގެ އަމީރު ހަމަދް ބިން ހަލީފާ އަލް ތާނީ ވިދާޅުވި ކަމަށް ބުނެ ދޮގު ހަބަރެއް ގަތަރުގެ ވެބްސައިޓެއްގައި ޝާއިރުކޮށްފައިވަނީ ރަޝިއާ ހެކަރުން ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އިރާންގެ ޑިޕްލޮމެޓުންނާ ގަތަރުން ބައްދަލުކޮށްފައިވާ ކަމަށް ބުނުވެސް އެ ވެބްސައިޓުގައި ޝާއިރުކޮށްފައި ވަނީ ދޮގު ހަބަރެއް ކަމަށް އެމެރިކާ އިން ތުހުމަތުކުރެއެވެ.

މީގެއިތުރުން ގަތަރުން މުސްލިމް ބްރަދާހުޑް، ހަމާސް ފަދަ ބައެއް ހައްދަފަހަނައަޅާފައިވާ ޖަމާއަތްތަކަށް އެއްބާރުލުންދޭކަމަށް ބުނެ ބައެއް ހަބަރުތަކެއްވެސް ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ފެތުރިފައެވެ. އެހެންނަމަވެސް މިހުރިހާ ވާހަކަތަކެއް ގަތަރުން ދޮގުކުރެއެވެ.

ގަތަރުގެ ވެބްސައިޓްތައް ހެކްކޮށްގެން ދޮގު ހަބަރު ޝާއިރުކުރި ރަޝިއާ ހެކަރުން އެމެރިކާއަށް ހޯދުނުކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެގޮތުން މިކަމާ ގުޅިގެން އެފްބީއައި އިން ވަނީ ބަހެއް ދިނުމަށް ދެކޮޅު ހަދާފައި ކަމަށް ސީއެންއެން އިން ބުނެއެވެ.

އެހެން ނަމަވެސް ވޮޝިންގްޓަންގައި ހުންނަ ގަތަރު އެމްބަސީގެ ސްޕޯކްސްޕާސަން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ސައިޓްތައް ހެކްކުރި މައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމަށާއި، އެކަމާ ގުޅިގެން ވަރަށް އަވަހަށް އާންމުންނަށް މައުލޫމާތު ދޭނެކަމަށެވެ.

މިދިޔަ މޭއި މަހުގެ 23 ވަނަ ދުވަހު ގަތަރުގެ ނިއުސް އެޖެންސީން ޝާއިރުކުރި ހަބަރަކީ ދޮގު ހަބަރެއް ކަމަށް ގަތަރު ސަރުކާރުން ބުނެއެވެ. މީގެއިތުރުން ގަތަރާ ބެހޭގޮތުން ދެކެވެމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް