ކ. މާލެ
|
28 މާރޗް 2022 | ހޯމަ 05:38
ކްއާޓަރ ފައިނަލް މެޗުގައި ލަނޑުޖެހުމަށްފަހު ތިމަރަފުށި ކުޅުންތެރިއެއް
ކްއާޓަރ ފައިނަލް މެޗުގައި ލަނޑުޖެހުމަށްފަހު ތިމަރަފުށި ކުޅުންތެރިއެއް
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސެލް ޗެލެންޖް ފައިނަލްގައި ތިމަރަފުއްޓާއި، ގާފަރު
ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ

ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލްގައި ޗެމްޕިއަން ތިމަރަފުއްޓާއި, ކ.ގާފަރު ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ފައިނަލުން ގާފަރު ޖާގަހޯދީ ސެމީފައިނަލްގައި މާލެގަން (ފުވައްމުލައް) އާއި ވާދަކުރި މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމް އެއްވަރުވެ, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވީ 3-3 ން ދެޓީމް އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ގާފަރު ކުރި ހޯދީ 7-6 ނެވެ.

އަނެއްކޮޅުން ތިމަރަފުށި ވަނީ ސެމީފައިނަލް މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. ކުޑަހުވަދޫއާ ވާދަކޮށް ތިމަރަފުށި ސެމީފައިނަލް މެޗު ކާމިޔާބުކުރީ 7-1 ނެވެ. މެޗުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) ހެޓްރިކެއް ހެދިއެވެ.

ތިމަރަފުއްޓާއި ގާފަރު ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

- ކޮމެންޓް