ކ. މާލެ
|
7 ޖޫން 2017 | ބުދަ 00:56
ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން
ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން
ގޯލް.ކޮމް
ވިލިއަން އާއި ނޭމާ
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން
ބްރެޒިލް ސްކޮޑުގައި ތަފާތު ކުޅުންތެރިން އެބަ ތިބި
އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލްއަށް ތަފާތު ދެއްކޭނެ
ބްރެޒިލް އާއި އާޖެންޓީނާ ކުޅޭނީ އަންނަ ހުކުރު ދުވަހު

ބްރެޒިލްގެ ކެޕްޓަން ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ ކަމަށް ބްރެޒިލްގެ އެޓޭކިން މިޑްފިލްޑަރު ވިލިއަން ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރާ ރަހްމަތްތެރިކަމުގެ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިލިއަން ބުނީ ނޭމާ ނެތްތަން ބްރެޒިލް ޓީމަށް ދައްކާނެ ކަމަށާއި، އޭނާ އަކީ މެޗަށް ނިކުމެ ދަނޑުމަތީގައި ތަފާތު ދައްކާ ކުޅުންތެރިޔެއްކަމަށެވެ.

އެހެންނަމަވެސް ވިލިއަން ބުނީ އޭނާ ދެކޭ ގޮތުގައި ބްރެޒިލް ސްކޮޑުގައި ނޭމާގެ އިތުރުންވެސް ތަފާތު ކުޅުންތެރިން އެބަ ތިބި ކަމަށާއި، އެ ކުޅުންތެރިންވެސް ދަނޑުމަތީގައި ތަފާތު ދައްކާނެ ކަމަށެވެ. އެގޮތުން އެ ތަފާތު ހުކުރު ދުވަހު އާޖެންޓީނާއާ ދެކޮޅަށް ދައްކަންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ސީޒަނުގައި ޗެލްސީއާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ވިލިއަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ޗެލްސީއަށް ކުޅުނު 40 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

އަންނަ ހުކުރު ދުވަހު އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ނިކުންނައިރު، އޭގެ ހަތަރު ދުވަސް ފަހުން އެޓީމު ނިކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މެލްބޯންގެ ކްރިކެޓް ގްރައުންޑްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް