Advertisement
ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 21:37
އިސްމާއިލް މަދީހު
އިސްމާއިލް މަދީހު
ކުރެންދޫ ދާއިރާ ބައި އިލެކްޝަން
ކުރެންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީޕީއެމް ކެންޑިޑޭޓު ކާމިޔާބުކޮށްފި
ިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ 50 ވޯޓުގެ ތަފާތަކުން
އިންތިޚާބު ކުރިއަށްދިޔަ އިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ
އިންތިޚާބާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ

ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ޕީޕީއެމް ކެންޑިޑޭޓު އިސްމާއިލް މަދީހު ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީން ވާދަކުރީ އަލީ ނަސީރުއެވެ. އަދި ޕީޕީއެމުން އިސްމާއިލް މަދީހު ވަނީ ވާދަކޮށްފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަލީ ނަސީރަށް ލިބިފައިވަނީ ޖުމްލަ 564 ވޯޓެވެ. މަދީހު މި މަގާމު ކާނިޔާބުކޮށްފައިވަނީ ޖުމްލަ 614 ވޯޓާއެކުއެވެ.

Advertisement

މިގޮތުން ކުރެންދޫގައި ބެހެއްޓި 2 ވޯޓު ފޮށިން އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނަސީރަށް ލިިބިފައިވަނީ 366 ވޯޓެވެ. އަދި މާލޭގައި ބެހެއްޓި ވޯޓުފޮށިން އޭނާއަށް 198 ވޯޓު ލިބިފައިވެއެވެ. އަދި ކުރެންދޫގައި ބެހެއްޓި ދެ ވޯޓު ފޮށިން ޕީޕީއެމް ކެންޑިޑޭޓަށް 380 ވޯޓު ލިބިފައިވާއިރު. މާލޭގައި ބެހެއްޓި ވޯޓު ފޮށިން 234 ވޯޓު ލިބިފައިވެއެވެ.

ކުރެންދޫގެ ކައުންސިލް ރައީސަކު ހޮވުމަށް ބައި އިލެކްޝަން ބާއްވާފައިވަނީ އެ ކައުންސިލްގެ ރައީސަކަށް ކުރިން ހުރި އެމްޑީޕީގެ ކައުންސިލަރ އިބްރާހިމް ސިމާއު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މިހާރު މި މަގާމަށް ހޮވިފައިވާ އިސްމާއީލް މަދީހު މީގެ ކުރިންވެސް ވަނީ ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވާފައެވެ.

މި އިންތިޚާބާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިޚާބު ކުރިއަށްދިޔަ ވަގުތު އެއްވެސް ސަރަހައްދެއްގައި ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށެވެ. އަދި އިންތިޚާބާ ގުޅޭ ޝަކުވާއެއްވެސް މިހާތަނަށް ހުށަހަޅާފައިނުވާކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް