ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 17:13
ގަތަރުގެ އުންމީދަކީ މިލިއަނަކަށްވުރެ ގިނަ ވިޒިޓަރުން އެގައުމަށް ދިއުން
ގަތަރުގެ އުންމީދަކީ މިލިއަނަކަށްވުރެ ގިނަ ވިޒިޓަރުން އެގައުމަށް ދިއުން
އަލްޖަޒީރާ
ފީފާ ވޯލްޑް ކަޕުގެ ތައްޔާރީތައް
ގަތަރުގެ އަމާޒަކީ ވޯލްޑް ކަޕާއި ދިމާކޮށް އެއްމިލިއަން މީހުން އެގައުމަށް ދިއުން
ރިޕޯޓުތައް ބުނާގޮތުން އެޕާޓްމެންޓްތަކާއި އެކޮމަޑޭޝަން ބްލޮކްތަކުގެ 80 އިންސައްތަ މިހާރު ވަނީ ބުކް ކޮށްފައި

މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް އެއްމިލިއަން މެހްމާނުން އެގައުމަށް ގެންދިއުމަށް ގަތަރުން އަމާޒު ހިފައިފިއެވެ.

ގަތަރުން މިހާރު ވަނީ މެޗުތަކުގެ ޓިކެޓް ހޯލްޑަރުންނަށް އިސްކަންދީގެން އެކޮމަޑޭޝަން ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގައުމުގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރ 21 ން ޑިސެމްބަރ 18 އަށް އެގައުމުގައި އޮންނަ ވޯލްޑް ކަޕްއާއި ދިމާކޮށް އެންމެ މަދުވެގެން އެއް މިލިއަން ވިޒިތަރުން އެގައުމަށް ގެންދިއުމެވެ.

މިއަހަރުގެ ފުރަތަމަ ކޮޅުގައި ފުރަތަމަ ރައުންޑުގެ ޓިކެޓުތައް ވިއްކާފައި ވާއިރު، 17 މިލިއަނަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބުނެއެވެ.

ގަތަރުގެ އެކޮމަޑޭޝަން ސުޕްރީމް ކޮމިޓީން ބުނީ ވޯލްޑް ކަޕާއި ދިމާކޮށް އެގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެޕާޓްމެންޓާއި، ވިލާ އަދި ކްރޫސް ޝިޕްތަކުންވެސް ކޮޓަރި ބުކް ކުރެވޭނެ ކަމަށެވެ. އަގުތަށް ފެށެނީ 80 ޔޫއެސް ޑޮލަރުންނެވެ.

ކްރޫސް ޝިޕްތަކުން ޖުމްލަ 4،000 ހަށްވުރެ ގިނަ ކޮޓަރި ދޫކުރަން ހަމަޖެހިފައި ވާއިރު، ގަތަރުގެ އެކި ހިސާބުތަކުން ވިޒިޓަރުންނަށް ޚާއްސަ އެކޮމަޑޭޝަންތައް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން އެޕާޓްމެންޓްތަކާއި އެކޮމަޑޭޝަން ބްލޮކްތަކުގެ 80 އިންސައްތަ މިހާރު ވަނީ ބުކް ކޮށްފައެވެ.

މެޗުތަކުގެ ޓިކެޓް ގަނެފައިވާ ފަރާތްތަކަށް އިސްކަން ދީގެން އެކޮމަޑޭޝަން ހަމަޖައްސަމުން އައި ނަމަވެސް، ގިނަ ބަޔަކު ގަތަރަށް ޒިޔާރަތްކުރަން ބޭނުންވާތި ޑިމާންޑާއި އެއްވަރަށް އެކޮމަޑޭޝަން ހަމަނުޖެއްސިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

- ކޮމެންޓް