ކ. މާލެ
|
23 މާރޗް 2022 | ބުދަ 14:17
ރާއްޖެއާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
ރާއްޖެއާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
އެފްއޭއެމް
ރާއްޖެ-ބަންގްލަދޭޝް މެޗު
ބަންގްލަދޭޝް މެޗުގެ ޓިކެޓެއް "ގޮނޑިބަރިން" 100 ރުފިޔާއަށް
މެޗުގެ ޓިކެޓް ވިއްކަން ފަށާނީ މިއަދު 16:00 ގައި

މާދަމާ ރޭ ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ކުޅޭ މެޗުގެ ގޮނޑިބަރީގެ ޓިކެޓެއް 100 ރުފިޔާއަށް ވިއްކަން އެފްއޭއެމްއިން ނިންމައިފިއެވެ. ސިޑިބަރިން ޓިކެޓެއް ވިއްކަން ނިންމާފައިވަނީ 75 ރުފިޔާއަށެވެ. ޓިކެޓް ވިއްކަން ފަށަނީ މިއަދު ހަވީރުއެވެ.

އެފްއޭއެމްއިން ބުނީ ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ އޮލިމްޕަހާއި ދިމާ ގޭޓުންކަމަށެވެ. އަދި ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ސްޓޭޑިއަމްގެ 3 ނަމްބަރު ގޭޓުންނެވެ. ޓިކެޓް ވިއްކަން ފަށަނީ ހަވީރު 4:00 ގައެވެ.

މާދަމާ ރޭގެ މެޗަށް 8000 ޓިކެޓް ވިއްކާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ. މީގެތެރެއިން ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވަނީ 1000 ޓިކެޓެވެ. އެންމެފަހުން ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓް މަދުވުމުން މައްސަލަ ގޯސްވިއެވެ.

ރާއްޖޭގައި މިދިޔަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ވަނީ 2-1 ން ރާއްޖެ ބަލިކޮށްފައެވެ. އޭގެކުރިން ބަންގްލަދޭޝް އާއި ވާދަކުރި ހަތަރު މެޗުންވެސް މޮޅުވީ ރާއްޖެއެވެ.

- ކޮމެންޓް