ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 19:50
ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް
ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް
ޓްވިޓަރ
ގަތަރުގެ މައްސަލަ
ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި
ކުވައިތް އިން ވަނީ މަޝްވަރާތަކުގައި މެެދުވެރިއެއްގެ ރޯލް އަދާ ކުރުމަށް ހުށަހަޅާފަ
ދިމާވެފައިވާ ހާލަތަކީ މިފަހުގެ އަހަރުތަކުގައި ގަލްފް ސަރަހައްދަށް ދިމާވެފައިވާ އެންމެ ސީރިއަސް ޑިޕްލޮމެޓިކް ހާލަތު

އަރަބި ހަ ގައުމަކުން ގަތަރާއި ގުޅުން ކަނޑާލުމާ ގުޅިގެން ގަލްފުގެ މަޝްރަހު ހަަލަބޮލިވެފައިވާއިރު، މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ހޯމަ ދުވަހު ކަނޑާލައިފައިވާ އިރު އެ ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ސައުދީ އަދި ޔޫއޭއީ ހިމެނޭގޮތުން އެގައުމުތަކުގެ ވައިގެ ސަރަހައްދު އެގައުމުތަކުން ވަނީ ގަތަރަށް ބަންދުކޮށްފައެވެ.

ގަތަރާއި ގުޅުން ކަނޑާނުލާ އަރަބި ގައުމެއް ކަމަށްވާ، ކުވައިތް އިން ވަނީ މަޝްވަރާތަކުގައި މެެދުވެރިއެއްގެ ރޯލް އަދާ ކުރުމަށް ހުށަހަޅާފައެވެ. ގަތަރުން ބުނެފައި ވަނީ ގަަތަރުން މަޝްވަރާތައް އަޑުއަހަން ތައްޔާރު ކަމަށެވެ.

އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ކުވައިތުގެ އަމީރު އަންގާރަ ދުވަހު މަޝްވަރާއަށް ސައުދީ އަށް ވަޑައިގަންނަވާނެ ކަމަށެވެ. ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް-ސާނީ އަލްޖަޒީރާ އަށް ވިދާޅުވީ ގަތަރު ބޭނުން ވަނީ "ހުޅިވިފައިވާ އަދި ތެދުވެރި" މަޝްވަރާއެއް ކަމަށެވެ.

ސައުދީ، ޔޫއޭއީ އަދި ބަހްރައިންގައި ތިބި ގަތަރުގެ ރައްޔަތުން އެގައުމުތައް ދޫކޮށްދާން ވަނީ ދެ ހަފްތާގެ މުހުލަތެއް ދީފައެވެ.

ގަތަރު ގަޑިން އަންގާރަ ދުވަހު ހެނދުނުން ފެށިގެން ގަލްފް ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. ގަތަރުގެ ވެރިރަށް ދޯހާ އަކީ ބައިނަލްއަގްވާމީ ފްލައިޓްތައް ގުޅުވާލަދޭ މައި ހަބެކެވެ.

ސައުދީ، ބަހްރައިން އަދި ޔޫއޭއީ އިން ވަނީ ގަތަރާ އެކު އޮންނަ ވައި، އެއްގަމު އަދި ކަނޑު މަގުގެ ދަތުރުފަަތުރުތައް ބަންދުކޮށްފައެވެ.  ޔޫއޭއީ އަދި މިސްރުން ވަނީ ގަތަރުގެ ޑިޕްލޮމެޓުން އެގައުމުތައް ދޫކޮށްދާން 48 ގަނޑިއިރުގެ މުހުލަތެއް ދީފައެވެ. ސައުދީން ވަނީ ގަތަރުގެ ދައުލަތުން ފަންޑު ކުރާ ގަތަރުގެ އަލް ޖަޒީރާގެ އޮފީހެއް ބަންދުކޮށްފައެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާމެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާއި މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

 

 

 

.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް