ކ. މާލެ
|
22 މާރޗް 2022 | އަންގާރަ 14:01
ކެމްޕެއިން މެދުވެރިކޮށް ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ
ކެމްޕެއިން މެދުވެރިކޮށް ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ
ރާއްޖެއެމްވީ
"އެއްގެއިން އަނެއްގެއަށް" ކެމްޕެއިން
އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ފަށައިފި
އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް ބާރު އަޅާ
މުދާ ގެނައުމަށް ކަނޑައަޅާފައިވަނީ، 24 މާރިޗު 2022 ވަނަ ދުވަހުގެ ދުވަހުގެ 2:00 އިން ފެށިގެން 26 މާރިޗު 2022 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް
މުދާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުގައި

އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް " ކެމްޕެއިން ފަށައިފިއެވެ.

'ވޯލްޑް ރިސައިކްލިންގް ޑޭ' އާއި ގުޅުވައިގެން ކުރިއަށްގެންދާ މި ކެމްޕެއިންކީ އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް  ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ޒަމާނުއްސުރެ ދިވެހީންނަކީ ރޯދަމަހާއި ގުޅިގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ގޭގައި ބޭނުންކުރާ ފަރުނީޗަރުފަދަ ތަކެތި ބަދަލުކުރުމަކީ އާދަކާދައިގެ ތެރޭގައިވާ ކަމެކެވެ. މި ކެމްޕެއިން މެދުވެރިކޮށް ބޭނުންކުރެވޭ ހާލަތުގައި ހުރި މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ކާބޯ ތަކެއްޗާއި ކުނިވާޒާތުގެ ތަކެތި ގެނައުމަކީ މަނާކަމެއް ކަމަށާއި، ދެވަނަ ފަހަރަށް ބޭނުން ކުރެވޭ މުދާ ގެނައުމާއި ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އަމިއްލައަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ތަކެތި ބޭނުން ކޮށްގެން އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރުމަކީ މަނާ ކަމެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.  

ދެވަނަ ފަހަރަށް ބޭނުން ކުރެވޭ މުދާ ގެނައުމަށް ކަނޑައަޅާފައިވަނީ، 24 މާރިޗު 2022 ވަނަ ދުވަހުގެ ދުވަހުގެ 2:00 އިން ފެށިގެން 26 މާރިޗު 2022 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ. މުދާ ބެހެއްޓުމަށް ހަމަ ޖެހިފައިވަނީ، ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުގައެވެ.

- ކޮމެންޓް