Advertisement
ކ. މާލެ
|
22 މާރޗް 2022 | އަންގާރަ 09:19
ކުރެންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަނީ
ކުރެންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަނީ
އެމްޓީސީސީ
ކުރެންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު
ކުރެންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
މިއީ 44.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް
އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައި

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މި މަޝްރޫޢުއާއި ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދީފީއެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެ ރަށުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު ފެށުމަށްޓަކާއި ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައިއެވެ. އެގޮތުން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ 21 މާރޗް ވީ ހޯމަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެއެވެ.

Advertisement

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މި މަޝްރޫޢަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް