ކ. މާލެ
|
17 މާރޗް 2022 | ބުރާސްފަތި 16:03
ހައްޖަށް ދާން މީހުން ފުުރުން
ހައްޖަށް ދާން މީހުން ފުުރުން
ހައްޖު ކޯޕަރޭޝަން
ޕާސްޕޯޓު ހެއްދުމަށް ލުއި ގޮތްތަކެއް
އުމްރާއަށް ދާން ޕާސްޕޯޓު ހައްދާ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިފި
ރޯދަ މަސް ނިމެންދެން ދިވެހި ޕާސްޕޯޓު ސެކްޝަންގައި ޚާއްސަ އިންތިޒާމުތަކެއް ވަނީ ގާއިމްކޮށްފައި
ފޯމް ހުށަހެޅުމަށްފަހު ރަސްމީ މަސައްކަތު ގަޑީގައި 9199166 ނަންބަރަށް ގުޅުމަށް އެދިފައިވޭ
މިދުވަސްވަރު ގިނަ ބަޔަކު ދަނީ ޕާސްޕޯޓަށް އެދި ހުށަހަޅަމުން

ކުރިއަށް އޮތް ރޯދަ މަހު އުމްރާއަށްދާ މީހުންނަށް ޚާއްސަކޮށް ޕާސްޕޯޓު ހައްދާ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ 1443 ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާއަށް ދިއުމަށް މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ޕާސްޕޯޓަށް އެދި ހުށަހަޅަމުންދާ ކަމަށެވެ. މި ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 17 މާޗުން ފެށިގެން ފެށިގެން މި އަހަރުގެ ރޯދަ މަސް ނިމެންދެން ދިވެހި ޕާސްޕޯޓު ސެކްޝަންގައި އެ މީހުންނަށް ޚާއްސަ އިންތިޒާމުތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެގޮތުން އުމްރާއަށް ދަތުރުކުރާ މީހުން އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރަސްމީ މަސައްކަތު ގަޑީގައި މިކަމަށް ހާއްސަކޮށްފައިވާ ނަމްބަރު، 9199166 އަށް ގުޅުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ކޮޕީ (ދެފުށް ފެންނަގޮތަށް)، ޕާސްޕޯޓު ސައިޒުގެ ޑިޕިޓަލް ފޮޓޯ، ކުރިން ޕާސްޕޯޓެއް ހައްދާފައިވާނަމަ އެ ޕާސްޕޯޓުގެ ކުލަ ކޮޕީ (މަޢުލޫމާތު ހިމެނޭ ގަނޑާއި 'އޮބަޒަވޭޝަން" ގަނޑު އަރާގޮތަށް) އަދި އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާކަން އަންގައިދޭ ލިޔުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ކަމަށެވެ.

- ކޮމެންޓް