ކ. މާލެ
|
16 މާރޗް 2022 | ބުދަ 13:03
މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދު
މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދު
ރާއްޖެއެމްވީ
މެރިން ކޯރ ގެ އަހަރީ ދުވަސް
މެރިން ކޯރ: "ޤައުމާއި، ދީނާއި ރައްޔިތުންގެ ހިމާޔަތުގައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ"
 
އެސްއޯޖީ ޤާއިމު ކުރެވިގެން ދިޔުމަކީ މުހިއްމު ފިޔަވަޅެއް
 
15 މާރޗަކީ މެެރިން ކޯރ ގެ 13 ވަނަ އަހަރީ ދުވަސް

ޤައުމާއި، ދީނާއި ރައްޔިތުންގެ ހިމާޔަތުގައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ސިފައިންގެ މެރިން ކޯރ އިން ވާނެ ކަމަށް އެއިދާރާއިން ބުނެފިއެވެ.

ޢަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދު ވަނީ 15 މާރޗަކީ މެެރިން ކޯރ ގެ 13 ވަނަ އަހަރީ ދުވަސްކަން ފާހަގަކުރައްވައި، ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

މެރިން ކޯރ އަކީ ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރުކަން ފާހަގަކުރައްވައި ވައިޘް ވިދާޅުވީ، އަސްކަރިއްޔާގެ އެއްގަމާއި ކަނޑުގައި އަސްކަރީ ޙަރަކާތްތައް ހިންގުމަށްޓަކައި އުފައްދާފައިވާ ބަޔަކީ މެރިން ކޯރ ކަމަށެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން އެގޮތަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިފައިވާކަމަށްވެސް ވައިޘް ވިދާޅުވިއެވެ. އެގޮތުން އޮގަނައިޒޭޝަން ރީސްޓްރަކްޗަރު ކުރުމާއި، އެކި ގޮތްގޮތުން ވަސީކަލަތްތައް ޤާއިމު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ) ގެ ނަމުގައި ބަޔަކު އުފެއްދި، އެ ބަޔަކީ ޚާއްސަ އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވުމުގެ ޤާބިލުކަން ލިބޭ ބަޔަކަށް ހެދުމަށްޓަކައި ދެވިފައިވާ ޓްރެއިނިންގ އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު މި އަހަރު ފާހަގަކޮށްލަން ބޭނުންވަނީ މެރީން ކޯރ ގެ ތެރޭގައިވެސް އެލީޓް ފޯސްއެއް އުފެއްދުމުގެ މަޤްސަދުގައި މި އަހަރުގެ ތެރޭގައި ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ) ގެ ނަމުގައި ބަޔަކު އުފެއްދި، އެ ބަޔަކީ ޚާއްސަ އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވުމުގެ ޤާބިލުކަން ލިބޭ ބަޔަކަށް ވުމަށްޓަކައި 9 މަސް ދުވަހުގެ ޓްރެއިނިންގަކަށްފަހު މިހާރު އެމީހުން ވަނީ ގްރެޖުއޭޓް ވެފައި
މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދު

ވައިޘް ވަނީ އެސްއޯޖީ ޤާއިމު ކުރެވިގެން ދިޔުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމަށް ކުރެވުނު މުހިއްމު އަދި ޤާބިލު ފިޔަވަޅެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވައިޘް ވިދާޅުވިއެވެ.

މީގެއިތުރުން، އަސްކަރިއްޔާއިން ހިންގަންޖެހޭ ހުރިހާ އޮޕަރޭޝަނެއްވެސް އެންމެ ފުރިހަމައަށް ހިންގުމުގައި މެރިންސް އިން ފަހަތަށް ނުޖެހި، ދިވެހި ޤައުމާއި، ދީނާއި ރައްޔިތުންގެ ހިމާޔަތުގައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް އަބަދުވެސް ތައްޔާރަށް ތިއްބަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވައިޘް ވަނީ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، ޑިފެންސް މިނިސްޓަރުގެ އިތުރުން ސިފައިންގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
25%
0%
25%
0%
0%
ކޮމެންޓް