ކ. މާލެ
|
14 މާރޗް 2022 | ހޯމަ 12:50
ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް އިޓަލީގެ ހައިވޭއެއްގައި ވަނީ ފުރޮޅާލާފައި
ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް އިޓަލީގެ ހައިވޭއެއްގައި ވަނީ ފުރޮޅާލާފައި
ރޮއިޓާސް
ރަޝިއާ ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލައިފި
ބަސް ފުރޮޅާލުމާއި ގުޅިގެން ގިނަ ބަޔަކަށް އެކި ވަރުގެ ޒަހަމުތައް ލިބިފައިވާއިރު، އެއް އަންހެނަކު ވަނީ މަރުވެފައި
ކުޑަކުދިން ހިމެނޭގޮތަށް 50 މީހުން ބަހުގައި ދަތުރުކުރަމުން ދިޔަ
މި ބަސް ފުރޮޅާލާފައި ވަނީ އިޓަލީގެ ސެސީނާ އާއި ރިމިނީގެ ދެމެދު ދަތުރުކުރަން އޮންނަ ހައިވޭ މަތިން

ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލައި އެކަކު މަރުވެފައިވާކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފިއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ޔޫކްރެއިންގެ ރެފިއުޖީން ގޮވައިގެން ބަސް ދަތުރުކުރަމުން ދިޔައީ އިޓަލީގެ ޕެސްކަރާ އަށެވެ. މި ބަސް ފުރޮޅާލާފައި ވަނީ އިޓަލީގެ ސެސީނާ އާއި ރިމިނީގެ ދެމެދު ދަތުރުކުރަން އޮންނަ ހައިވޭ މަތިން ކަމަށް އިޓަލީގެ އިންޓީރިއާ މިނިސްޓްރީއާއި ހަވާލާދީ ވަނީ ރިޕޯޓުކޮށްފައެވެ.

އެމިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ބަހުގައި ދަތުރުކުރަމުން ދިޔައީ އަންހެނުންނާއި ކުޑަކުދިން ގޮވައިގެންނެވެ. އެގޮތުން ކުޑަކުދިން ހިމެނޭ ގޮތަށް ޖުމުލަ 50 މީހުން އެބަހުގައި ދަތުރުކުރަމުން ދިޔަ ކަމަށް މައުލޫމާތުދީފައިވެއެވެ.

ބަސް ފުރޮޅާލުމާއި ގުޅިގެން ގިނަ ބަޔަކަށް އެކި ވަރުގެ ޒަހަމުތައް ލިބިފައިވާއިރު، އެއް އަންހެނަކު ވަނީ މަރުވެފައެވެ.

ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާއި ގުޅިގެން ޔޫކްރެއިންގެ އެތައް މިލިއަން ރައްޔިތުންނެއް މިހާރު ދަނީ ރެފިއުޖީންގެ ގޮތުގައި ޔޫރަޕުގެ އެހެން ގައުމުތަކަށް ހިޖުރަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް