ކ. މާލެ
|
12 މާރޗް 2022 | ހޮނިހިރު 15:33
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން
ރަޝިއާ ޔޫކްރެއިން ހަނގުރާމަ
ރަޝިއާގެ އަސްކަރިއްޔާއާ ގުޅެން ބޭނުންވާ ވޮލެންޓިއަރުންނަށް އެފުރުސަތު ދޭން ޕުޓިން ނިންމަވައިފި
ޕުޓިން ވަނީ ރަޝިއާ ސަރުކާރުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް ރަޝިއާ އަސްކަރިއްޔާއިން ހޯދާފައިވާ ހުޅަނގުގެ މިސައިލް ސިސްޓަމްތައް ދިނުމުގެ ހުއްދަ ދެއްވާފަ
ޔޫކްރެއިންގައި ހިންގަމުދާ 'މިލިޓަރީ އޮޕަރޭޝަން' ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ދެއްވާނެކަމަށް ޕުޓިން ވިދާޅުވި

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވެ ރަޝިއާގެ އަސްކަރިއްޔާއާއެކު ހަމަލާބަދަލުކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ވޮލެންޓިއަރުންނަށް އެފުރުސަތުދޭން ބޭނުންވާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ވޮލެންޓިއަރުންނަށް ރަޝިއާގެ އަސްކަރިއްޔާ އާ ގުޅިގެން ޔޫކްރެއިންގައި ހިންގަމުދާ 'މިލިޓަރީ އޮޕަރޭޝަން' ގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާނެކަމަށް ޕުޓިން ވިދާޅުވެފައި ވަނީ ހުކުރު ދުވަހުއެވެ.

ހުކުރު ދުވަހު ޕުޓިން ވަނީ ރަޝިއާ ސަރުކާރުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް ރަޝިއާގެ އަސްކަރިއްޔާއިން ހޯދާފައިވާ ހުޅަނގުގެ މިސައިލް ސިސްޓަމްތައް ދިނުމުގެ ހުއްދަ ދެއްވާފައެވެ. އެގޮތުން ރަޝިއާގެ ޑިފެންސް މިނިސްޓަރު ވަނީ ލުހާންސްކް އަދި ޑޮނެސްކްގައި ހަރަކާތްތެރިވަމުންދާ ރަޝިއާ ސަރުކާރުން ތާއިދުކުރާ ޖަމާއަތްތަކަށް އެމެރިކާގެ އެންޓި ޓޭކް ސިސްޓަމްތައް ދިނުމަށް ޕުޓިން އަށް ހުށަހަޅުއްވާފައެވެ.

މިކަމަށް ޕުޓިން ތާއިދުކުރައްވާފައިވާއިރު އެގައުމުގެ ޑިފެންސް މިނިސްޓަރު ވަނީ މިހާރުވެސް މެދުއިރުމަތީގައި ހަރަކާތްތެރިވާ 16،000 އެއްހާ ހަނގުރާމަވެރިން ރަޝިއާގެ އަސްކަރިއްޔާއާ ގުޅުމަށް ވޮލެންޓިއަރ ކުރުމަށް އެއްބެސްވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިގޮތަށް ރަޝިއާގެ ރައީސް އާއި ޑިފެންސް މިނިސްޓަރު ވާހަަކަ ފުޅު ދައްކަވާފައިވާއިރު، އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ބުރާސްފަތި ދުވަހު ޔޫކްރެއިންގެ ފޮރިން މިނިސްޓަރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލް ކުރައްވަމުން، ވާހަކަ ތަކުން އަދި އެދެވޭ ނަތީޖާއެއް ހާސިލް ނުވިކަމަށާ، ޔޫކްރެއިނުން އެގައުމުގެ އާންމު ރައްޔިތުން އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މާބޮޑު ތަފްސީލަކަށް ނުދިޔަ ނަމަވެސް ޔޫކްރެއިނާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ކޮންމެސް ވަރެއްގެ ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް