ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 15:03
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022: އދ އަތޮޅުގެ ޗެމްޕިއަން މާމިގިލި
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022: އދ އަތޮޅުގެ ޗެމްޕިއަން މާމިގިލި
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022
ގޯލްޑަން ފުޓްސަލް ޗެލެންޖު: މާމިގިލި، މުލަކު، ހިންނަވަރަށް އަތޮޅު ޗެމްޕިއަންކަން
އދ އަތޮޅުގެ ފައިނަލުގައި އޮމަދޫއާއި ވާދަކޮށް މާމިގިލިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުން
މ އަތޮޅުގެ ފައިނަލުގައި ދިއްގަރުގެ މައްޗަށް މުލަކުން ކުރިހޯދީ 2-0 ގެ ނަތީޖާއަކުން
ޅ އަތޮޅުގެ ތަށި ހިންނަވަރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ކުރެންދޫ ބަލިކޮށްގެން

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ އަތޮޅު ޗެމްޕިއަންކަން އަދ.މާމިގިއްޔާއި، މ.މުލަކާއި، ޅ.ހިންނަވަރުން ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު އދ އަތޮޅުގެ ފައިނަލުގައި އޮމަދޫއާއި ވާދަކޮށް މާމިގިލިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މ އަތޮޅުގެ ފައިނަލުގައި ދިއްގަރުގެ މައްޗަށް މުލަކުން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ޅ އަތޮޅުގެ ތަށި ހިންނަވަރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ކުރެންދޫ ބަލިކޮށްގެންނެވެ.

އދ އަތޮޅުގެ ފައިނަލުގައި މާމިގިލީ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އަތީފް، މޫސާ ހަސަން ފުޅު، ހައިޝަމް އަރީފް އަދި ޕެނަލްޓީ އަކުން އަހުމަދު ނިޒާމްއެވެ. އޮމަދޫގެ ފުރަތަމަ ލަނޑަކީ މާމިގިލީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ އަލީ އަޒުމީއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައިވެސް ގޯލު ޖެހި މާމިގިލި ޓީމުގެ ހައިޝަމްއެވެ. މުބާރާތުގައި އދ އަތޮޅުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ރަންބޫޓޫ ކާމިޔާބުކުރީ މާމިގިލި ޓީމުގެ ހައިޝަމްއެވެ.

ޅ އަތޮޅުން މުބާރާތުގައި ބައިވެރިވީ ހިންނަވަރު އަދި ކުރެންދޫ ޓީމު އެކަންޏެވެ. އެހެންކަމުން މި ދެޓީމުގެ މެދުގައި ދެ މެޗު ކުޅެގެން އެގްރިގޭޓުން މަތިވާ ބަޔަކަށް ތަށި ހޯދުމުގެ ފުރުސަތު އޮތެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ހިންނަވަރުގެ ގޯލުތައް ޖެހީ ހުސެއިން މުހައްމަދު، އަލީ އަކްރަމް އަދި ހުސެއިން އައްފާޝް އެވެ. ކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ރަފްހާން އަބްދުލް ގަނީއެވެ.

މުބާރާތުގައި ޅ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިންނަވަރުގެ ކީޕަރު ފިރްދައުސް އިބްރާހިމް ދީދީއެވެ. އަދި ރޭގެ މެޗުގައި ލަނޑު ޖެހި ކޮންމެ ކުޅުންތެރިއަކަށްވެސް ވަނީ ރަންބޫޓު ދީފައެވެ. އެއީ ކޮންމެ ކުޅުންތެރިއެއްވެސް އެއް ލަނޑު ޖަހާފައިވާތީ މުބާރާތުގެ ގަވައިދަށް ރިއާޔަތްކޮށްފައެވެ. ގަވައިދުގައި ވާގޮތުން ދެ ކުޅުންތެރިއަކު ގޯލުގެ ގޮތުން އެއްވަރުވެއްޖެ ނަމަ ބަލާނީ އެންމެ ގިނަ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ކުޅުންތެރިއަކަށެވެ. މިގޮތުންވެސް އެއްވަރު ވެއްޖެ ނަމަ އެންމެ ގިނައިން ލަނޑު ޖެހި ހުރިހާ ކުޅުންތެރިންނަށް ރަން ބޫޓު ދޭނެއެވެ.

މ އަތޮޅުގެ ޗެމްޕިއަންކަން މުލަކުން ކާމިޔާބުކުރި އިރު، އެޓީމުގެ ގޯލުތައް ޖަހާފައިވަނީ ޔަސްފާދު ހަބީބު (މުލަކޭ) އާއި ސުޖުއާން ހުސެއިންއެވެ. މެޗުގެ އަދި އަތޮޅުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީވެސް މުލަކޭއެވެ.

- ކޮމެންޓް