ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 13:09
ރަންދިހަ ފަހެއްގެ ސިރީޒްގެ ނޫޓުތައް
ރަންދިހަ ފަހެއްގެ ސިރީޒްގެ ނޫޓުތައް
ރާއްޖެއެމްވީ
ފައިސާ ޗާޕުކުރުން
20 ރުފިޔާ ނޫޓުގެ އައު ޝިޕްމެންޓެއް ނެރެފި
އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓުގައި ސޮއިކުރެއްވީ ގަވަރުނަރު ޢަލީ ހާޝިމް

ރަން ދިހަ ފަހެއް ނޫޓު ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެގެން އަލުން ޗާޕުކޮށްފައިވާ ޝިޕްމަންޓް ނެރެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން ބުރާސްފަތި ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށްގެން 13 އޮކްޓޫބަރު 2021 ގައި ރާއްޖެއަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ 20 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް 10 މާރިޗު 2022 ގައި ނެރެފައިވާ ކަމަށެވެ. އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމްއެވެ. މި ނޫޓުގައިވާ ތާރީޚަކީ 01 ޖުލައި 2020 އެވެ. އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެއެވެ.

2016 ވަނަ އަހަރު ރަންދިހަފަހެއް ނެރުމަށްޓަކައި، 2015 ވަނަ އަހަރު ގެނެސް ގުދަން ކުރެވުނު 20 ރުފިޔާގެ ސްޓޮކު މިމަސް ނިމެންވާއިރަށް އެއްކޮށް ހުސްވާނެކަަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް 2016 ވަނަ އަހަރުގެ ޖެނުއަރީގައި ރަންދިހަ ފަހެއްގެ ނަމުގައި ބޭނުން ކުރަން ފެށި އައު ނޫޓުތައް ހަދާފައިވަނީ ޕޮލިމާ ކަރުދާހުގައި އައު ޑިޒައިނަކަށެވެ. ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެއަށްފަހު އެތައް ފަހަރެއްގެ މަތިން ސްޓޮކް މަދުވުމުގެ ސަބަބުން ނޫޓު އަލުން ޗާޕުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް