ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 13:46
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް
އެމްއޭސީއެލް
މޯލްޑިވިއަނުން ލަންކާއަށް ދަތުރު ފެށުން
މޯލްޑިވިއަނުން ލަންކާއަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި
މިމަހުގެ 27 އިން ދަތުރުތައް ފަށަންވަނީ ނިންމާފައި
ދަތުރުކުރުމަށް ބުކިންގ ހެއްދުމަށް މިހާރު ވަނީ ހުޅުވާލާފައި

ދިވެހިރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަނުން ސްރީލަންކާއަށް ޝެޑިއުލް ދަތުރުތައް އަލުން ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 27 އިން ފެށިގެން ރާއްޖެއާއި ލަންކާއާއި ދެމެދު ޝެޑިއުލް ދަތުރުތައް ބާއްވާނެ ކަމަށެވެ. އެގޮތުން ދަތުރުކުރުމަށް ނިންމާފައިވަނީ ކޮލަމްބޯ އިންޓަރނޭޝަނަލް އެއަރޕޯޓަށްކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އަދި މިހާރު މޯލްޑިވިއަނުން ވަނީ އެ ކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުތަކުގެ ބުކިންގ ހެއްދުމަށް ހުޅުވާލާފައެވެ.

މީގެކުރިންވެސް މޯލްޑިވިއަން އިން ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ޝެޑިއުލް ދަތުރުތައް ބާއްވާފައެވެ. އެހެންނަމަވެސް މި ދަތުރުތައް ހުއްޓާލުމަށްފަހު އަނެއްކާވެސް މިވަނީ މިދަތުރުތައް އަލުން ބާއްވަން ނިންމާފައެވެ.

މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރުކުރާ ޝެޑިއުލްގައި އަދި ތާވަލުކޮށްފައިވަނީ ހަތަރު ދަތުރެވެ. އެއީ މިމަހުގެ 27، 29، 31 ގެ އިތުރުން އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ދަތުރެވެ. އެހެންނަމަވެސް ތަރުހީބު ލިބޭ ވަރަކުން ދަތުރުތަކަށް ބަދަލު ގެންނާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

- ކޮމެންޓް