ކޮވިޑް-19 ގައި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މިހުންގެ އަދަދު 6ށް ދަށްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ނިމިގެންދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 329 މީހުންނެވެ.
އިތުރު 329 މީހުން ޕޮޒިޓިވްވެފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 6:00ން ބުދަ ދުވަހުގެ ހަވީރު 6:00ށް ނެގި 1743 ސާމްޕަލްގެ ތެރެއިންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ވަނީ 350 ސާމްޕަލް ނަގާ ޓެސްޓްކޮށްފައެވެ.
މި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 329 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 281 މީހުން އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހުންނެވެ. މި 24 ގަޑިއިރު ތެރޭގައި 8 މީހަކު ޕޮޒިޓިވްވީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައި ނުވެއެވެ.
ބުދަ ދުވަހު ޕޮޒިޓިވްވި 329 މީހުންނާއެކު މިހާތަނަށް ރާއްޖެއިން 173،666 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 159،080 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ނިމިގެންދިޔަ 24 ގަޑި އިރު ތެރޭގައި 436 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި 1743 ކެސް ގުނަމުން އަންނަ އިރު މީގެ ތެރެއިން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަނީ 6 މީހުންނަށެވެ. 297 މީހުން ބަލީގައި މިހާތަނަށް ވަނީ ނިޔާވެފައެވެ.