ކ. މާލެ
|
9 މާރޗް 2022 | ބުދަ 13:43
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022: ގާފަރަށް ކ އަތޮޅުގެ ޗެމްޕިއަންކަން
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022: ގާފަރަށް ކ އަތޮޅުގެ ޗެމްޕިއަންކަން
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022
ގޯލްޑަން ފުޓްސަލް ޗެލެންޖު: ގާފަރާއި ކުޑަހުވަދޫއަށް ތަށި
ކުޑަހުވަދޫ މޮޅުވީ 5-0 ގެ ނަތީޖާއަކުން
ގާފަރު ތަށި ހޯދީ ފައިނަލުގައި 2-1 ން ކާށިދޫ ބަލިކޮށްގެން

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ކ.ގާފަރާއި ދ.ކުޑަހުވަދޫ ކާމިޔާބުކޮށްފިއެވެ.

ގާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދީ ކާށިދޫއާއި ވާދަކޮށްގެންނެވެ. ރޭގެ ފައިނަލުގައި ކާށީދޫއާއި ވާދަކޮށް ގާފަރުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ގާފަރު ޓީމުންނެވެ. ގާފަރަށް ލީޑު ނަގައިދިނީ އެޓީމުގެ ތަރި އަލީ މާއިޝް (މައްޓު) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާށިދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން އަބްދުﷲ ސުޒޭރުއެވެ. މި މެޗުން މޮޅުވި ލަނޑު ގާފަރަށް ކާމިޔާބު ކޮށްދިނީ މާހިރުއެވެ. ކ އަތޮޅުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނީ ގާފަރު ޓީމުގެ ނާއިހު މުފީދުއެވެ. ޖުމްލަ ނުވަ ގޯލާއެކު ރަންބޫޓު ކާމިޔާބު ކުރީ ސުޒެއިރުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2022: ކުޑަހުވަދޫއަށް ދ އަތޮޅުގެ ޗެމްޕިއަންކަން - ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ދ އަތޮޅުން ބައިވެރިވީ ކުޑަހުވަދޫ އާއި ބަނޑިދޫ އެކަންޏެވެ. އެހެންކަމުން އެއަތޮޅުގައި ކުޅެފައި ވަނީ ދެޓީމުގެ މެދުގައި ދެ ލެގެވެ. ފުރަތަމަ މެޗުން ކުޑަހުވަދޫ މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގައި ކުޑަހުވަދޫން ތަށި ކާމިޔާބު ކުރީ ބަނޑިދޫކޮޅަށް ފަސް ލަނޑު ޖަހާ މޮޅުވެގެންނެވެ. މި މެޗުގައި ކުޑަހުވަދޫ ޓީމުން ގޯލު ޖަހާފައިވަނީ ޖުމައިލް ޖަމީލް (ޖުމްބެ) އާއި، ހާރޫން އިބްރާހިމް، އަބްދުﷲ މުގްސިތުގެ އިތުރުން ޝައުކަތު އަމީންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޖުމްބެ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހުވަދޫ ޓީމުގެ ޝައުކަތުއެވެ.

- ކޮމެންޓް