Advertisement
ކ. މާލެ
|
9 މާރޗް 2022 | ބުދަ 02:35
އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ
އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ
އެންވަރަންމަންޓް މިނިސްޓްރީ
ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލު ގެނައުން
ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލު ގެނެސް ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަންޖެހޭ – މިނިސްޓަރު ޝައުނާ
މިނިސްޓްރީގައި ސިވިލް ސާރވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެން އެއްވެސް މުވައްޒަފެއް ނެތް

ހީވާގި، ހުނަރުވެރި އަންހެނުންނަށް ފުރުސަތުތައް ފަހިކުރުމަށްޓަކައި ސިވިލް ސާރވިސްގެ އޮނިގަނޑަށް ބަދަލުގެނެސް، ނަތީޖާއަށް ބަލާފައި ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Advertisement

ޔޫންއެން މޯލްޑިވްސް އާއި އެޗްޑީސީ އަދި އަމިއްލަ ޖަމްއިޔާތައް ގުޅިގެން "މިއަދު މާދަމާ" ގެ ނަމުގައި ހުޅުމާލެ ބީޗް ސަރަހައްދުގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއާއި ގުޅިފައި ހުރި ހުރިހާ މުހިންމު ޕްރޮޖެކްޓެއްގެ ފަންނީ ހުރިހާ މަސައްކަތެއް ކުރައްވަނީ އަންހެން މުވައްޒަފުން ކަމަށާއި، އެހެންނަމަވެސް ސިވިލް ސާރވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެން އެއްވެސް މުވައްޒަފެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ވާހަކަދައްކަން ޖެހޭ ހަގީގީ މައްސަލައަކީ މިއީ ކަމަށާއި، މި ކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

އަޅުގަނޑުމެން މިނިސްޓްރީގައި އެބަތިއްބެވި އިންޖިނިއަރުންނާއި ސައިންޓިސްޓުން، ރާއްޖޭގެ ޓެކްސް ސެކްޓަރުގައި އެންމެ ފުންނާބު އުސްކޮށް ތަމްރީނުވެ ހުނަރު ލިބިފައި ތިބި މުވައްޒަފުން، އެހެން ނަމަވެސް އެބޭފުޅުންނެއް ނުފެނޭ ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރ ލެވެލް ފެންވަރުގައެއްވެސް
މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

ރާއްޖޭގެ ސިވިލް ސާރވިސްގެ މި އޮނިގަނޑު އެތައް ގުނައަކުން އިސްލާހުކުރަން ޖެހޭކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރާ މިންވަރާއި އައުޓް ޕުޓް ނެރޭ މިންވަރާއި، ރިޒަލްޓް އޮރިއެންޓެޑް މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްތައް ބައްޓަންވެގެން ނޫނީ، އަންހެން މުވައްޒަފުންނަށް މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއިން ޒަމާނެއްގައިވެސް ނުލިބޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، އެންމެ އިސްކަމެއް ދެއްވައި ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހާއި، އަދި އާއްމު ރައްޔިތުންނާއި ސިވިލް ސާރވިސް އާއި އެކީގައި މިއަދު ދައްކަންޖެހޭ މުހިއްމު ވާހަކައަކީ މިއީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް